ހަށިގަނޑުން ވިހަ ބޭރުކުރަން ރީނދޫވަރެއް ނެތް

މާބޮޑަށް އަވަދިނެތި އުޅެން ޖެހުމުން ގިނަފަހަރު ހަށިގަނޑަށް އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވޭކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރަމެވެ. ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަކުން ހަށިގަނޑަށާއި ހަންގަނޑަށް ތަފާތު ގެއްލުންތައް ކުރިމަތިވާއިރު ރީނދޫ ބޭނުންކޮށްގެން ގޭތެރޭގައި ތައްޔާރު ބައެއް ސާދާ ކަންކަން ހިމަނާލާނަމެވެ.

ރީނދުލަކީ ހަށިގަނޑުގައި ހުންނަ ވިހަ  ގުދުރަތީ ގޮތުން ނައްތާލުމުގައި، ކާއެއްޗިހި ހަޖަމުކުރުމާއި އަދި  ދިފާއީ ބާރު ގަދަކުރުމަށް އެހީތެރިވެދޭ މޮޅު އެންޓިއޮކްސިޑެންޓް އަދި އެންޓި-އިންފްލެމެޓަރީ މާއްދާތައް ހިމެނޭ އެއްޗެކެވެ.

ރީންދުލާއި ކިރު

މިއީ ކިރު ބޭނުންކޮށްގެން އުފައްދާ ފަސޭހަ ބުއިމެކެވެ. މިއީ ހަމައެކަނި ހަށިގަނޑުން މަދުވެފައިވާ ނިއުޓްރިއެންޓްސް ފުރިހަމަކޮށް ހަށިގަނޑުގައި ވިހަ ނައްތާލުމަށް މޮޅު ބުއިމެއް ނޫނެވެ. މި ބުއިން ތައްޔާރުކުރުމަށްޓަކައި ކިރުތައްޓަކަށް ރީންދުލާއި ކުޑަ އަސޭމިރުސްކޮޅެއް އަޅާ ކައްކާލުމުން މި ބުއިމުގެ ފައިދާ އިތުރުވެގެންދެއެވެ.  އަދި މި ކިރުތަށީގެ ފައިދާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ހަވާދުގެ ބާވަތެއް (ފޮނިތޮށި، ކާފޫރުތޮޅި) އެއްކޮށްލާށެވެ.

ރީންދޫ ފެން

އެންމެ ފުރަތަމަ ބިއްލޫރި ބޮޑު ތައްޓަކަށް ހޫނު ފެން އަޅާށެވެ. ކޮށާފައި ހުރި އިނގުރު، ކޮށާފައި ހުރި ލުނބޯ ފޮތިތައް އެފެނުގެ ތެރެއަށް އަލާށެވެ. އިތުރަށް މީރުކުރަން ބޭނުންނަމަ މިންޓް ފަތް އެއްރޭ ވަންދެން އަޅާފައި ބަހައްޓާށެވެ. ދެން ހެނދުނުވުމުން މި ފެން ބޯށެވެ. މިއީ ފުއްޕާމޭ ދުޅަވުން ކުޑަވެ، ކަރުތެރޭގައި ރިއްސުމާއި، ރޯގާ އަދި އެލާޖީ ފަދަ ކަންކަމަށް ރަނގަޅު ބުއިމެކެވެ.

ރީންދޫ ސައި

މި ސައި ތައްޔާރު ކުރުމަށްޓަކައި 1 ސައިސަމުސާ ރީންދޫ 1/2 ސައިސަމުސާ މުގުރާފައިވާ އިނގުރު، 1 ސައިސަމުސާ ހަވާދު، 1/2 ލުނބޯ ޖޫސް، 2 ތަށި ފެނަށް އަޅާ ކައްކާށެވެ. މި ސައި ބުއިމަކީ ފުއްޕާމޭގައި ރިއްސުމާއި، ނުތަނަވަސްކަން ކުޑަކުރުމާއި، ހަށިގަނޑުގައި ދުޅަވުން ކުޑަކުރުމާއި، ތަންތަނުގައި ހުންނަ ރިހުން ރަނގަޅުކޮށްދޭ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *