ޔޫރަޕިއަން ޗެމްޕިއަންލީގް: (މާރޗް 8، 2022 ) ، ޔޫރަޕިއަން ޗެމްޕިއަންލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގެ މެޗް ތައް މިރޭ ފަށާނެއެވެ. މިރޭ ދެ މެޗު ކުޅޭ އިރު މާދަމާރޭ ވެސް ދެމެޗު ކުޅޭނެ އެވެ. ރާއްޖެ ގަޑިން އެކެއް ޖަހާ އިރު ފަށާ މެޗު ތަކަކީ ބަޔާން މިއުނިކް އާއި ސާލްޒްބާގް ބައްދަލު ކުރާ މެޗާއި ލިވަޕޫލައި އިންޓަމިލާން ބައްދަލު ކުރާ މެޗެވެ.
ފުރަތަމަ މެޗުން ލިވަޕޫލު މޮޅުވެފައި ވުމުން އިންޓަމިލާން މޮޅުވުން މަޖުބޫރު މި މެޗު ކުޅޭނީ ލިވަޕޫލު ދަނޑު ގައެވެ. އަދި ބަޔާން އާއި ސާލްޒްބާގް ބައްދަލު ކުރި މެޗު އެކެއް އެކަކުން އެއްވަރު ވެފައި ވުމުން މި މެޗު ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. އަވޭ ގޯލުގެ ޤަވާޢިދު ބަދަލު ކުރުމުގެ ސަބަބުން ދެމެޗުން ގިނަ ގޯލު ޖަހާ ޓީމަށް ކުރި ލިބޭނެ އެވެ.
މާދަމާ ރޭ ކުޅޭ މެޗު ތަކުގައި ސިޓީ ދަނޑުގައި ސްޕޯޓިގް އާއި ބައްދަލު ކުރާއިރު ސިޓީ އަށް ފަހެއް ސުމެއް ގެ ލީޑެއް ލިބިފައެވެ. އަދި ފުރަތަމަ ލެގުން ޕީއެސްޖީ ވަނީ މެޑްރިޑްގެ މައްޗަށް އެއް ލަނޑުގެ ލީޑަކުން ކުރި ހޯދާ ފައެވެ. އެހެން ކަމުން ރިއަލް މެޑްރިޑް ގަދަ އަށަކުން ޖާގައެއް ހޯދުމަށް މިވަނީ އަމިއްލަ ސަޕޯޓަރުން ކުރި މަތީގައި ބޮޑު ހަނގުރާމަ އެއް ކުރަން ޖެހިފައެވެ.
