ޗޮކްލެޓާއި ކާށި އަދި ޗެރީ ސްޕޮންޖް ކޭކް

ބޭނުންވާނެ ތަކެތި

8 ބިހުގެ ގޮބޮޅި ވަކިކޮށްފައި، އޭގެ އިތުރުން 4 ބިހުގެ ހުދުބައި

310ގ އައިސިންގ ޝުގަރ،

50ގ ލޮނު ނުލާ ބަޓަރު، ގިރާފައި ފިނިކޮށްފައި

80ގ ރަނގަޅު ފެންވަރުގެ ޑާކް ކޮކޯ،

40ގ ކޮރންފްލޯރ،

40ގ ފުށް،

100އެމްއެލް ކްރީމް

100އެމްއެލް ކާށި ކްރީމް

1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް

2/3 ތަށި (225ގ) ޗެރީ ޖޭމް

ފްރީޒް ޑްރައިޑް ރާސްބެރީ، ސާރވް ކުރުމަށް

ޗޮކްލެޓް ބަޓަރކްރީމް އައިސިންގ

75ގ ޗެރީ ޖޭމް

65ގ އައިސިންގ ޝުގަރ

50ގ ޑާކް (70%) ޗޮކްލެޓް،

80ގ ކާސްޓަރ ހަކުރު

100އެމްއެލް ކްރީމް

100ގ ޑާކް (70%) ޗޮކްލެޓް، ކޮށާފައި

ތައްޔާރުކުރާނެގޮތް

  1. އަވަން 160 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލާށެވެ. ކޭކް ފިހަން ބޭނުންކުރާ ތަވާ ތައްޔާރުކޮށްލާށެވެ.
  2. ބިހުގެ ގޮބޮޅިޔާއި އައިސިންގ ޝުގަރ އަޅާފައި އެއްކޮށްލާށެވެ. މުޅިން އެއްވުމުން ބަޓަރުއަޅާ އެއްކުރާށެވެ. އެއްކުރި ބައި ތަށިގަނޑަކަށް ބަދަލުކޮށްލާށެވެ.

3. ބިހުގެ ހުދުބައި އަޅާފައި މަޑުޑުން ވިސްކް ކޮށްލާށެވެ. އިތުރު އައިސިންގ ޝުގަރ، އަޅާ ގިރާލާށެވެ.

4. ކުރިން އެއްކުރި ތަކެއްޗާއި، ކޮކޯ، ކޮރންފްލާރ އަދި ފުށް އަޅާފައި އެއްކޮށްލުމަށްފަހު ދެ ކޭކަކަށް ވާނެހެން ފިހެލާށެވެ. 40 މިނެޓް ވާންދެން ފިހެލާށެވެ. ދެން ހިހޫވަންދެން ބެހެއްޓުމަށްފަހު މުޅިން ފިނިކޮށްލާށެވެ.

ކާށި ކްރީމް ހަދާނެ ގޮތް

5. ތަށިގަނޑެއްގައި ކްރީމް، ކާށި ކްރީމް، ބާކީ ހުރި 1/2 ތަށި (60ގ) އައިސިންގ ޝުގާރ އަދި ވެނީލާ އަޅާފައި ވިސްކް ކޮށްލާފައި ފުރިޖްގައި ފިނިކޮށްލަން ބަހައްޓާށެވެ.

ބަޓަރކްރީމް އައިސިންގ ހަދާނެގޮތް

  1. މިކްސަރަށް ބަޓަރާއި އައިސިންގ ޝުގަރ އަޅާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ޗޮކްލެޓް އަޅާށެވެ.

7. ސާވިންގ ޕްލެޓަރ އެއްގައި އެއް ކޭކު ބާއްވާފައި އޭގެ މައްޗަށް ޖޭމްގެ ދެބައިކުޅަ އެއްބައި އަޅާފައި، ދެން ކާށި ކްރީމް މިކްސްޗަރގެ ދެބައިކުޅަ އެއްބައި އަޅާށެވެ. މަތީގައި ދެވަނަ ކޭކު ބާއްވާފައި ހަމަ ކުރިން ހެދިގޮތަށް ތަކުރާރުކޮށްލާށެވެ. އެސެމްބްލް ކޮށްފައިވާ ކޭކުގެ މައްޗަށް އައިސިންގ އަޅާށެވެ.  ބޭނުންވާ ވަރަކަށް ފިނިކޮށްލާށެވެ.

8. ދެ ސަމުސާ ހަކުރު ފެންފޮދެއްގައި ހޫނުކުރުމަށްފަހު މަޑުމަޑުން ކްރީމް އަޅާ ކެރަމަލް ކައްކާށެވެ. ހީޓްޕްރޫފް ތައްޓަކަށް ޗޮކްލެޓް އަޅާފައި ކެރެމަލްގެ މައްޗަށް އަޅާށެވެ. 2-3 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ގިރާލާފައި އޮމާންވާންދެން ހޫނުކޮށްލާށެވެ. ފިނިކޮށްލުމަށްފަހު ކޭކުގެ މައްޗަށް އަޅާފައި، ފްރީޒް ޑްރައިޑް ރާސްބެރީ އަޅާ ސާރވް ކުރާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *