މިއީ މެދުއިރުމަތީގެ މަޝްހޫރު ކިރު ޕުޑިންގްއެކެވެ. ދިވެހިންނަށްވެސް ކަމުދާނެކަމަށް ގަބޫލުކުރެވެއެވެ.
ބޭނުންވާނެ ތަކެތި
50ގ ހަނޑޫފުށް(ފުނޑާފައި)
1 1/2 މޭޒުމަތީ ޒުވާރިފުށް
4 ތަށި ފިނި ކިރު
100ގ ކާސްޓަރ ހަކުރު
3/4 ތަށި (75ގ) އަލްމަންޑް (މުގުރާފައި)
1 1/2 މޭޒުމަތީ ސަމުސާ އޮރެންޖް ދިޔަ
2 މޭޒުމަތީ ސަމުސާ ކޮށާފައި ހުރި އަލްމަންޑް (ސާވް ކުރުމަށް)
ތައްޔާރުކުރާނެގޮތް
1.ބޮޑު ތަށިގަނޑެއްގައި ހަނޑޫފުށާއި ޒުވާރިފުށް އެއްކޮށްލާށެވެ. ދެން ފިނި ކިރު އަދި ހަކުރު އަޅާފައި މަޑުގިނީގައި ހޫނުކޮށްލާފައި އޮލަވަންދެން ކައްކާށެވެ.
2.ބާކީ ހުރި ކިރު މެދު ސައިޒެއްގެ ތަވާއެއްގައި މެދުމިނެއްގެ ހޫނުމިނެއްގައި ކައްކާލުމަށްފަހު ކުރިން ހެދި ޒުވާރިފުށް ޕޭސްޓް އަޅާށެވެ. ދެން މަޑުގިނީގައި މަޑުމަޑުން ހާކަމުން ކައްކާށެވެ. ގާތްގަނޑަކަށް 10-15 މިނެޓް ވަންދެން ކެއްކުމަށްފަހު މުގުރި އަލްމަންޑް އަޅާފައި އިތުރު 5 މިނެޓް ވަންދެން ކައްކާށެވެ. ދެން އޮރެންޖް ދިޔަ އަޅާށެވެ.
- ހަތަރު ސާރވިންގ ޑިޝް ނުވަތަ ތަށިތަކުގެ ތެރެއަށް ބަހާލުމަށްފަހު ފިނިވާންދެން ފުރިޖަށްލާ ފިނިކުރާށެވެ. ސާރވް ކުރުމަށްޓަކައި ކޮށާފައި ހުރި އަލްމަންޑްކޮޅު އަޅާށެވެ.
