ޔޫރަޕިއަން ޗެމްޕިއަންސްލީގު: (މާރޗް 9 ، 2022 )، ޗެމްޕިއަންސްލީގު ގަދަ ސޯޅައިގައި ބަޔާން މިއުނިކާއި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ގަދަ އަށަކަށް ދަތުރު ކޮށްފިއެވެ. ބަޔާން އާއި ސާލްޒްބާރގް ބައްދަލު ކުރިމެޗުގައި އެންމެ ރަނގަޅު ފުރުސަތެއް ސާލްޒްބާގަށް ލިބުނުނަމަވެސް ބޭކާރުވުމުގެ ނަތީޖާ އަކީ ބަޔާނުން ކައުންޓް އެޓޭކްގައި އުފެއްދި ހަމަލާ އެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ލެވަންޑޮސްކީ އަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ބަޔާން އަށް ލިބުނު ޕެނަލްޓީން ލީޑު ނެގުމެވެ. މެޗުގެ ބާރަ ވަނަ މިނެޓާއި އެކާވީސް މިނެޓުގައި ލިބުނު ދެ ޕެނަލްޓީ ވެސް ކާމިޔާބުރީ މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި ލެވަންޑޮސްކީއެވެ. އަދި ހަމަ ފާހަގަކޮށްލެވޭ ކަމަކީ ދެޕެނަލްޓީ އަކީވެސް ސާލްޒްބާގް ޑިފެންޑަރ މެކްސިމިލިއަން ލެވަންޑޮސްކީ އަށް ފައުލް ކުރުމުން ލިބުނު ދެ ޕެނަލްޓީ ކަމެވެ. ފުރަތަމަ ހާފްގައި ބަޔާން ހަތަރު ގޯލް ޖެހި ނަމަވެސް ހަމަ އެވަގުތު ކުޅެމުން ދިޔަ ލިވަޕޫލް އާއި އިންޓަ މިލާން ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ދެޓީމަށް ވެސް ވަރަށް ރަނގަޅު ފުރުސަތު ލިބި ބޭކާރުވެފައި ވެއެވެ.
ދެވަނަ ހާފްގައި ބަޔާނުން އިތުރު ތިން ލަނޑު ޖަހާ 7-1 ގެ ބޮޑު ތަފާތަކުން ފަސޭހަ ކަމާއެކު މޮޅުވިއެވެ. ފަހު ހާފުގައި ލަނޑުތައް ކާމިޔާބު ކޮށް ދިނީ މުލާ އާއި ސޭން އެވެ. އަދި ސާލްޒްބާގް ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މައުރިޓްސް އެވެ. އިންޓަ މިލާން ދެވަނަ ހާފް ގައި ލުރާޓޯ މާރޓިނޭޒް ގޯލަކުން ލިވަޕޫލް އަތުން މޮޅުވި ނަމަވެސް ކުރީ މެޗުގެ ނަތީޖާ އާއި އެކު 2-1 ގެ އެގްރިގޭޓުން މޮޅުވެ ލިވަޕޫލުވެސް ވަނީ ގަދަ އަށަކަށް ދަތުރު ކޮށްފައެވެ
