ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢަލީ ޝުޖާޢު، ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

 

ޢަލީ ޝުޖާޢު އަކީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް ސްކޫލް) ގެ ފަޚްރުވެރި ދަރިވަރެކެވެ. ޢަލީ ޝުޖާޢު ތަޢުލީމް ޙާޞިލް ކުރައްވާފައިވަނީ އީޕީއެސް ސްކޫލުންނެވެ. 1993 ގައި އީޕީއެސް ސްކޫލަށް 25 އަހަރު ފުރުނު ރިހި ޔޫބީލް އަހަރު ސްކޫލް ކެޕްްޓަނަކީ ޢަލީ ޝުޖާޢެވެ. އެއަހަރު ސްކޫލުން ފާހަގަކުރި ކުލަގަދަ ހުރިހާ ހަރަކާތެއްގައިވެސް ދަރިވަރެއްގެ ހައިސިއްޔަތުން އެންމެ އިސް ރޯލެއް އަދާކުރެއްވީ ޢަލީ ޝުޖާޢެވެ.

ޢަލީ ޝުޖާޢު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައެވެ. އަދި ޢަލީ ޝުޖާޢު އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި އަދި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ޢަލީ ޝުޖާޢު ހޭދަކުރައްވާފައި ވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *