މާލޭ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން.... ފޮޓޯ: ޕީއެސްއެމް

މާލޭ މޭޔަރ ބަހުސް މިރޭ

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ޕީއެސްއެމް އިން ބާއްވާ ބަހުސް މިރޭ އޮންނާނެއެވެ. މި ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭގެ 21:00 ގައެވެ.

ޕީއެސްއެމްއިން ބާއްވާ މޭޔަރު ބަހުސްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ 5 ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ މާލޭގެ މޭޔަރު އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ،

• ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް

މާލޭ މޭޔަރު ބަހުސް މިރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ބަހުސް ފެށުމުގެ ކުރިން، ޕްރީ ޝޯ މިރޭ 20:30 ގައި ފަށާނެއެވެ. ބަހުސް އާއި ޕްރީ ޝޯވވެސް ޓީވީއެމް، ޕީއެސްއެމް ނިއުސް އަދި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *