މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސްގައި ބޭއްވެވި ހަނދާނީ މާބޮނޑި އެރުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޗައިނާގެ ބެއިޖިންގގައި ހުންނަ މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސްގައި ބޭއްވެވި ހަނދާނީ މާބޮނޑި އެރުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ޗައިނާގެ މިލިޓަރީ ބޭންޑުން ޗައިނާ އާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސްގައި މާ ބޮނޑި ބޭއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާއަށް މިނިވަންކަން ހޯދައިދިނުމަށް ފުރާނައިން ޤުރުބާންވި އަބްޠާލުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތަކަށް ހުއްޓިވަޑައިގެންފައެވެ.

މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސް އަކީ 19 ވަނަ ޤަރުނާއި 20 ވަނަ ޤަރުނުގައި ޗައިނާއަށް ކުރިމަތިވި ޗައިނީސް ރިވޮލިއުޝަން އިން މިނިވަންކަން ހޯދުމަށް ހަނގުރާމަކުރި އަބްޠާލުންގެ ޒިކުރާ އައު ކުރުމުގެ ގޮތުން ބިނާކޮށްފައިވާ ހަނދާނީ ބިނާއެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *