ކާމިޔާބު މީހުން ހިފަހައްޓާ އާދަތައް

ދިރިއުޅުމުގެ ތެރެއިން ކަންކަމަށް ފަރުވާކުޑަކުރާ މީހުންނާއި ކެތްތެރިކަމެއް ނެތި ކުރިއަށް ދާ މީހުންނާ ދެމެދު ވަރަށް ބޮޑު ފަރަގެއްވެއެވެ. މި ތަފާތު އަންނަނީ އެމީހެއް ގެންގުޅޭ އާދަތަކުގެ މައްޗަށެވެ. ކަންކަމުގައި ކުރިއަށްދާމީހުން ވަނީ އެމީހުންގެ އަމާޒުތަކާއި ހުވަފެންތައް ހާސިލް ކުރުމަށް ހަރުދަނާ ވަކިއުސޫލުތަކެއް އުފައްދާފައެވެ.

ކަމަކަށް އަޒުމްކަނޑައަޅާ ހަރުދަނާ ދިރިއުޅުމެއް އުޅުމަކީ ވަރުގަދަ އިޚްތިޔާރެއް އޮތުމަށްވުރެ މާ ބޮޑު ކަމެކެވެ. އެއީ ލަނޑުދަނޑި ހާސިލްކުރުމަށް ފުންކޮށްވިސްނާ އެކަންކަން ހާސިލްކުރުމަށް ކުރެވޭނެ ކަންކަން ހޯދާބަލައި އެކަން ކުރުމެވެ. އަދި ކާމިޔާބު މީހުން ދިރިއުޅުމުގެ މަގަށް ކޮންމެ ހުރަހެއް އައިކަމުގައިވިޔަސް ކުރިއަށް ގެންދެވޭނެ ވަކި އާދަތަކެއް ގެންގުޅެއެވެ. އޭގެ ތެރޭގައި

ނާކާމިޔާބުވުމުން މާޔޫސްނުވާށެވެ.

ކަމެއް ނާކާމިޔާބުވުމަކީ ދެން އެކަން ކާމިޔާބު ނުވާނެ ދެރަ ގޮތެއްކަމަށް ބައެއްމީނުން އާންމުކޮށް ގަބޫލުކުރެވެއެވެ. އެކަމަކު ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅާފައިވާ މީހުންނަށް ނާކާމިޔާބީ ފެންނަނީ ތަފާތު ނަޒަރަކުންނެވެ. ކަންކަމުގައި ސާބިތު ފަރުދުންނަށް ނާކާމިޔާބީގެ އަގު ވިސްނެއެވެ. އެމީހުންނަށް އެނގޭ ގޮތުގައި ވެއްޓޭ ކޮންމެ ފަހަރަކު ތެދުވަން ދަސްކުރުމާއި ކުރިއެރުމަށް ހޭނެން ފުރުސަތު ލިބެއެވެ.

މިސާލެއްގެ ގޮތުން ބަލާނަމަ ކޮންމެ ކާމިޔާބު ވިޔަފާރިވެރިއެއް، ފަންނާނެއް ނުވަތަ ސައިންސްވެރިއެއްގެ ފަހަތުގައި، ނާކާމިޔާބީއާއި ކުރިމަތިލާފައިވާ ކެތްތެރިކަމުގެ ވާހަކައެއް އޮވެއެވެ. ނާކާމިޔާބީތަކާ ކުރިމަތިލާއިރު، އަމިއްލަ ނަފްސަށް ރަޙުމް ކުރުމާއިއެކު ކާމިޔާބުވީ މީހުންގެ ކަންތައްތައް ތަޙުލީލުކޮށް، ތަފާތު ވިސްނުންތައް ބޭނުންކޮށްގެން އެމީހުންގެ ސްޓްރެޓެޖީތައް ރަނގަޅު ކުރެއެވެ.

ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންނަމަ ނާކާމިޔާބީއާއި ދުރުނުވާށެވެ. އެކަން ބަލައިގަނެ، އެއިން ދަސްކޮށް، ކާމިޔާބީއާއި ދިމާއަށް ދަތުރުކުރާ ފިޔަވަޅެއްގެ ގޮތުގައި ބޭނުން ކުރާށެވެ. ކާމިޔާބަކީ ހަމައެކަނި ދޫނުދިނުމެއްވެސް ނޫނެވެ. އެއީ ތިމާއަށް ހެދުނު ގޯސްތަކުން ކަންކަން ދަސްކޮށް، މެދުނުކެނޑި ކާމިޔާބު ލިބޭތޯ ގަދައަޅައި މަސައްކަތްވެސް ކުރުމެވެ.

އަމިއްލަ ކުރިއެރުމަށް އިސްކަންދޭށެވެ.

އަމިއްލަ ނަފްސު ކުރިއެރުވުމަށް އިތުރަށް ކިޔަން ފަށާށެވެ. ސެމިނާތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވެ، މަގު ހޯދާށެވެ. ކަންކަން ދަސްވި ވަރަކަށް ފުރުސަތުތައް ހުޅުވިގެން ދާނެއެވެ. ކުރިން ނުފެންނަ ދާއިރާތަކުން ޕޮޓެންޝަލް ފެންނަން ފަށާނެއެވެ.

ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ

ކާމިޔާބީގެ މަގަކީ ގިނަ ފަހަރަށް އޮޅުން ބޮޅުން ބޮޑު އުންމީދުތަކާއި އެދުންތަކުގެ ތެރެއިން ފުރިފައިވާ މަގެކެވެ. އެކަމަކު އަޒުމް ކަނޑައަޅާ މީހުންނަށް އެ މަގު ރަނގަޅަށް އެނގޭނެއެވެ. އެމީހުންނަށް ހާސިލްކުރެވޭ ވަކި ލަނޑުދަނޑިތަކެއް ކަނޑައެޅުމުގެ ބާރު ވިސްނެއެވެ.

ކެލިފޯނިއާގެ ޑޮމިނިކަން ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ލަނޑުދަނޑިތައް ލިޔެ، ރައްޓެއްސަކާ ހިއްސާކޮށް ނުވަތަ ހަފްތާއަކު އަޕްޑޭޓް ކުރާމީހުން  ހަމައެކަނި ސިކުނޑީގައި ލަނޑުދަނޑިތައް އެކުލަވާލާ މީހުންނަށް ވުރެ އެވްރެޖްކޮށް %33 ކާމިޔާބު ލިބެއެވެ. ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުން ނަމަ ހާސިލް ކުރަން ބޭނުންވާ ކަންތައް ސާފުވާނއެވެ. ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޕްލޭނެއް އެކުލަވާލާށެވެ. މިއީ ތިބާ އެކަންކުރަން ހިތްވަރުލިބި އަދި ދެކޭ ހުވަފެންތަކާ ދިމާއަށް ދަތުރުކުރެވޭ މަގެކެވެ.

ކަންކަމާމެދު ހެޔޮކޮށް ވިސްނާށެވެ.

ކަންކަމާމެދު ހެޔޮކޮށް ދެކުމުގެ މާނައަކީ ދަތި އުނދަގޫ ވަގުތުތަކަށް އަޅާނުލުމެވެ. އެއީ މިވަގުތު ކުރިމަތިވާ ގޮންޖެހުންތަކާ އެކުވެސް މުސްތަގުބަލާ މެދު އުއްމީދާއި އިތުބާރުގައި ދެމިހުރުމެވެ. ހެޔޮކޮށް ވިސްނުމަކީ މައްސަލައެއް ފުރުސަތަކަށް އަދި ނާކާމިޔާބީއެއް ފިލާވަޅަކަށް ބަދަލުކޮށްދޭނެ ކަމެކެވެ. އެއީ އުނދަގޫ ވަގުތުތަކުގައި ވެސް އުފާވެރިކަމަށް ތެޔޮ ޖަހައިދީ ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ތިބާގެ ފިކުރުތަކުގެ ސަބަބުން ތިބާގެ އަމަލުތަކަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. ހެޔޮ ވިސްނުމެއް އާލާކޮށްފިނަމަ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ދުޅަހެޔޮ މަސައްކަތާއިއެކު ދިރިއުޅުމުގެ މިންގަނޑެއް ގެންގުޅޭށެވެ.

އަޅުގަނޑުމެންނަށް ގިނައިން އަޑުއިވެނީ ގަޑިން ގަޑިން މަސައްކަތް ކުރާހެން ހީވާ ކާމިޔާބު މީހުންގެ ވާހަކަތަކެވެ. އެކަމަކު ހަގީގަތުގައި ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅާފައިވާ ގިނަ މީހުންނަށް ވިސްނެނީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި ކުރާ މަސައްކަތުގައި މިންގަޑެއް (ބެލެންސް) ގެ މުހިންމުކަމެވެ.

އަރާމުކުރުމަށް ވަގުތު ނުހޯދާ ކެތްތެރިކަމެއް ނެތި މަސައްކަތްކުރުމަކީވެސް ކުރިއެރުމަށް ހުރަހެކެވެ. އަރާމުކޮށްލުމަށް ވަގުތު ހޭދަކޮށް، ތިމާގެ ހޮބީތަކުގައި ބައިވެރިވެ، ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކުރާށެވެ. އޭރުން ތިމާގެ ހަށިގަނޑުގެ ބެޓެރީތައް ރީޗާޖްކޮށް، ކުރިއަށް ދިއުމަށް ބޭނުންވާ ހަކަތަ ލިބިގެންދެއެވެ.

6) ޝުކުރުވެރިވުމުގެ ޢަމަލުކުރާށެވެ.

ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި އަޅުގަނޑުމެންގެ އަތުގައި ހުރި އެއްޗެއް ގެއްލުމުން މާޔޫސްވެ ހަމައެކަނި އެ ކަންކަމަށް ވިސްނައެވެ. އެކަމަކު ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅާފައިވާ މީހުންނަށް ޝުކުރުވެރިވުމުގެ ޢަމަލީ ބާރު ވިސްނެއެވެ. ކޮންމެ ދުވަހަކު ވަގުތުކޮޅެއް ހޭދަކޮށްގެން ތިމާ ޝުކުރުވެރިވާ ކަންކަމާ މެދު ވިސްނާލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *