ފޯނާކުޅެމުން ނިދުމަކީ ގެއްލިގެންދާ ބޮޑު ރަޙްމަތެއް!

ޖާބިރުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ!

"ނިދަން އޮށޯތުމުން މަލާއިކަތަކާ ޝައިޠާނަކު އަންނާނެތެވެ! މަލާއިކަތާ ހިތްވަރު ދެއްވަވާނީ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދުމަށެވެ. ޝައިޠާނާ ހިތްވަރުދޭނީ ކޮންމެވެސް ޝައިޠާނީ ޢަމަލެއްގައި ނިދުމަށެވެ. ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދައިފިނަމަ އެމީހާ ނިދީން ހޭލަންދެން އެމީހާގެ ކަންކަން މަލާއިކަތާ ބަލަހައްޓަވާނެތެވެ!"

10624 السنن الكبرى للنسائي

1/25 المحدث ابن حجر العسقلاني خلاصة حكم المحدث حسن في الأمالي الحلبية

މިއަދު ގިނަ ބައަކު ނިދަނީ ފޯނާއިކުޅެމުންނެވެ! ސޯޝަލްމީޑިއާގައި ކޮންމެވެސް ބޭކާރު ކަމެއް ކުރަމުންނެވެ. ލޯބިވެރިއާ އާއި ވާހަކަދައްކަމުންނެވެ. ﷲ ތަޢާލާ ހަނދުމަކުރަމުން ނިދަނީ މަދުމީހަކު ކަމަށް ބުނެވިދާނެއެވެ.

މިއީ ވަރަށް ބޮޑަށް އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. ނިދަންވާނީ ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެންނެވެ. ކިޔަންޖެހޭ ޢާޔަތްތަކާއި ސޫރަތްތައް ކިޔައިގެން ﷲ ތަޢާލާ ހަނދުމަކުރުންމަތީގައެވެ! މި ޙަދީޘްފުޅުގައިވާފަދައިން ރަޙްމަތް ލައްވަވާނީ އޭރުންނެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *