ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑެއް ނުވާނެ: ސަޢީދު

މި ރަމަޟާން މަހު ކާޑުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަން ޔަޤީންކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ.މިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސަޢީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތި ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެކުވެރި އިތުރު ޤައުމުތަކުން ކާބޯތަކެތި ލިބޭނެ ގޮތް ހަމަޖައްސަވާފައިވާކަމަށެވެ.

އެގޮތުން މިހާރުވެސް ތުރުކީވިލާތުން ރާއްޖެއަށް ފޯރުކޮށްދޭ ފުށުގެ ޝިޕްމަންޓް ފުރާފައިވާކަމަށާއި މުޅި އަހަރުގެ ކެއުމަށާއި ބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސަވާފައިވާކަމަށެވެ. އަދި ކާބޯ ތަކެތީގެ %10 އިތުރަށް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، އެމަނިކުފާނު އޮފީހަށް ވަދެވަޑައިގަތުމާއެކު މިސްރާބުގެ ކަށި ދުނިޔެއަށް ހުޅުވާލި ކަމަށާއި މިހާރު ވެސް ތުރުކީން ފުށުގެ ޝިޕްމެންޓެއް ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ. އަދި ރައީސް ވަނީ ރައްޔިތުން ކެއުމަށާއި ބުއިމަށް ބޭނުން ކުރާ އަސާސީ ހުރިހާ ބާވަތްތަކެއް، މުޅި އަހަރުގެ ޖުމްލަ ކުއެންޓިޓީއާއި އަދި 10 އިންސައްތަ އިތުރަށް ހަމަޖައްސަވާފައި ކަމަށް ސައީދު ވިދާޅުވިއެވެ.

"މިހާރު ތުރުކީން ފުށުގެ ޝިޕްމެންޓަށް ފުރާފަ ވާނެ. ރާއްޖޭގެ މުޅި އަހަރުގެ ދިވެހި ރައްޔިތުން ކެއުމަށާއި ބުއިމަށް ބޭނުން ކުރާ އަސާސީ ހުރިހާ ބާވަތްތަކެއް، މުޅި އަހަރުގެ ޖުމްލަ ކުއެންޓިޓީއާއި އަދި 10 އިންސައްތަ އިތުރަށް އިރާދަ ކުރެއްވިއްޔާ ތުރުކީ ވިލާތުން ލިބޭ ގޮތް ރައީސް ވަނީ ހަމަޖައްސާފަ." ސައީދު ވިދާޅުވިއެވެ.

އެކުވެރި އެތައް ދައުލަތަކުން ރާއްޖެއަށް ކާބޯތަކެތި ލިބޭނެ ގޮތް އެމަނިކުފާނުގެ އަމިއްލަ މަސައްކަތްޕުޅުން ހޯއްދަވާފަވާ ކަމަށާއި އަދި އެސާމާނު ރާއްޖެއަށް ގެނެވޭނެ ގޮތް ވެސް ހަމަޖައްސަވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަމަޟާންމަހު ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި އެކަން ކަށަވަރުކުރުމަށް ރައީސްގެ އެދިވަޑައިގަތުމާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން އެ ވުޒާރާއާއި އެސްޓީއޯއާއެކު ވޯކިން ކޮމިޓީއެއް އުފައްދަވާ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މާލީ ކަންކަމުގައި ރާއްޖޭގެ މިސްރާބު ބައްޓަން ކުރާނެގޮތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ހައްލު ހޯއްދެވުމަށް ޓްރޭޑް ޑެލިގޭޝަނެއް މެއި މަހުގެ 15 ވަނަ ދުވަހު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެކަމަށެވެ. އަދި ޖުލައި މަހުގެ 10 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ޓްރޭޑް ޑެލިގޭޝަނެއް އެމެރިކާގެ ވޮޝިންގޓަނަށްވެސް ވަޑައިގަންނަވާނެކަން ވަޒީރު ހާމަކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *