ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗުގައި ލ. ގަން ބަލިކޮށް ފުރަތަމަ ފަހަރަށް ފުޓްސަލްގެ ރަސްމަކަށް ބ. އޭދަފުށި އަތުވެއްޖެއެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދި ފުރަތަމަ ފަހަރެވެ. ގަމުން މީގެކުރިން އެތައް ފަހަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. އޭދަފުށީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ފަސްޓް ޑިވިޝަންގެ ފުޓްބޯޅައިގައި މަޝްހޫރު ކުޅުންތެރިންނެވެ. ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ވެސް ކުޅެއެވެ. މިއީ އޭދަފުށިން ފުޓްބޯޅަ ފިޔަވައި ފުޓްސަލުން މިހާ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރު ވެސްމެއެވެ.
ހުޅުމާލޭގައި މިރޭ ކުޅުނު ފައިނަލް މެޗު އޭދަފުށި ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި އޭދަފުށީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގައެވެ. ފަހު ހާފްގައި ވެސް އެ ޓީމުން ދެ ލަނޑު ޖެހިއެވެ. ގަމުން ފުރަތަމަ ހާފާއި ދެވަނަ ހާފްގައި ވެސް ލަނޑު ޖެހިއެވެ. ދެވަނަ ހާފްގައި ގޯލް ޖެހީ ދުރު ޕެނަލްޓީއަކުންނެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދި ފުރަތަމަ ފަހަރެވެ. ގަމުން މީގެކުރިން އެތައް ފަހަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ.
ރެެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އޭދަފުށިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ލީޑުނެގީ ހިލޭޖެހުމެއްގައި މުހައްމަދު ފާސިރު (ފާއްޓެ) ދިން ބޯޅައަކުން އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން، ގަމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އަތުން ގެއްލުނު ބޯޅައެއް ހޯދައި، އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން ފާއްޓެ ވަަނީ އޭދަފުށްޓަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.
ގަމުން ވަނީ އޭދަފުށިން ދެ ވަނަ ގޯލެއް ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލަނޑެއް ޖަހައިފަ އެވެ، މި ލަނޑު ޖެހީ، ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލައިގެން ގަމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މި ހާފުގައި އިތުރު ލަނޑެއް ޖަހަން ގަމުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ދެ ވަަނަ ހާފުގެ ބާކީ ނުވަ މިނިޓް ހުއްޓައި، އޭދަފުށީގެ ފަސް ފައުލު ހަމަވި ނަމަވެސް، ގަމަށް ދުރު ޕެނަލްޓީއެއް ލިބުނީ އޭގެ ހަތް މިނިޓް ހިނގި ފަހުންނެވެ. ގަމުގެ ދުރު ޕެނަލްޓީ އަހުމަދު ހަލީމް (އައްމަޑޭ) ގޯލަށް ވައްދާލި ނަމަވެސް، އެ ޓީމަށް ރަނގަޅަށް ފަށައިނުގަނެވިގެން އުޅެނިކޮށް، ސެންޓޭ ވަނީ އޭދަފުށްޓަށް ގޯލެއް ޖަހައިދީ ދެ ގޯލުގެ ލީޑުނަގައިދީފަ އެވެ.
ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅެވުނު މި މެޗުގެ ދެވަނަ ހާފުގައި އޭދަފުށި ޓީމުގެ ކުޅުންތެރިއަކަށް ގަން ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން އޭދަފުށި ޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭދަފުށި ޓީމުން ވަނީ ފަރަގު ބޮޑުކޮށްފައެވެ. ގަން ޓީމުގެ ޕެނަލްޓީ އޭރިއާގެ ބޭރުން އަރިމަށްޗަކުން ލިބުނު މި ހިލޭޖެހުން ތިރި ތިރިން ފޮނުވާލައިގެން މި ގޯލު އޭދަފުށި ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
ފުޓްބޯޅައިގައި ވެސް ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާ އަދި ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެދިފައިވާ އޭދަފުއްޓަކީ މިހާރު ފުޓްސަލްގެ ގަދަ ބާރަކަށް މިވަނީ ވެފައެވެ.
