ރޯދަ މަޤުބޫލުވޭތޯ ބަލަމާ

ހިފާ  ރޯދަ  މަޤުބޫލު  ވޭތޯ  ބަލަން

ދިފާޢުގެ  ކަމަރު  ބަނދެލަމާހޭ ނިކަން

 

ލިބޭ ހައިގެ ވަރުބަލިކަމުން ލޮޑުވެފައި

ތިބޭކަށް ނުވާނޭ  ހަތަރުދަމު  ނިދަން

 

މަޖާ ކުޅިވަރާ ކަންކަމުން މުޅި ދުވަސް

މަޖާކޮށް  ނުވާނޭ  އެކީގައި  ހަދަން

 

މި ހައިހޫނުގައި ނެތި އެ ކެތްތެރިކަމެއް

ނުވާނޭ  ތިމާ އަބަދު ރުޅި އިސްކުރަން

 

ތިމާ ރޯދައަށް ހުރިކަމަށްވެސް ބަލައި

ތިމާ އުޅުމުގައި ވާނެ ވިސްނައި ހަދަން

 

އަމާންކަން ދެދުނިޔޭގެ ލިބުމަށް އަދައި

ނަމާދަށް  ސަމާލުވެ  ޖެހޭނޭ  ކުރަން

 

ތިބޭ ނިކަމެތިންނާ މެދަށް ވިސްނަމުން

ލިބޭ  މިންވަރުން ވާނެ  ހެޔޮ ފޯރުވަން

 

މި މަސް އަޅުކަމަށް ޚާއްސަ ވެވިފައިވުމުން

މިމަހު ވާނެ އެކަމަށް  ސަމާލުވެ ހަދަން

 

މިކަން ވޭ މި މައްސަރު ވަކިން ގިނަކުރަން

ނިކަން ވާނެ ޤުރްއާން އެކިޔަވައި ހަދަން

************************

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. Avatar އިބުރާހިމް މަނިކުފާން ނައިބު މަލިކު says:

    ކޮބާ މިވެސް ނިކަން ފުރިހަމަ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *