އަބަދުވެސް އުފަލުގައި ހުންނަން ބޭނުންނަމަ ވިސްނުން މިގޮތަށް ބަހައްޓާށެވެ!

ހިތާމަވެރި ދުވަސްތަކެއް ނުވަތަ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ކަންބޮޑުވެ ސިކުނޑިއަށް ބުރަބޮޑުކުރުމެއް ނޫނެވެ. އުފަލުގައި ހޭދަކުރެވުނު ދުވަސްތައްމަތިން ހަނދާންކޮށް ޝުކުރުވެރިވުން ގިނަކުރާށެވެ!

އެއްވެސް މީހެއްގެ ހުރިހާކަމެއް ހުންނާނީ ގޯސްކޮށެއް ނޫނެވެ. ރަނގަޅަށް ހުރި ކަންތައްތަކެއްވެސް ހުންނާނެއެވެ. މިސާލަކަށް މާލީ ގޮތުން އަތްމަތި ދަތިވެދާނެއެވެ. ޞިއްޙަތު ސަލާމަތުން ހުރިނަމަ އެއީ ހާސް ނިޢުމަތެވެ. ބަލިވި ނަމަވެސް ބޭހާއިއެކު ދިރިއުޅެވޭނަމަ އެވަނީ ހަމަ ބޮޑު ރަޙްމަތުގައެވެ.

ލޮލުގެ ފެނުން ދެރަވެފައިވާއިރު ކަންފަތަށް އަޑު އިވޭނަމަ އެވަނީ ހަމަ ބޮޑު ރަޙްމަތުގައެވެ. ކަނުވެފައި ބީރުވެފައިހުރިނަމަވެސް ދޫހެލޭނަމަ ޛިކުރުކުރެވޭނެއެވެ. ސިކުނޑި ސަލާމަތުން ހުރިނަމަ ﷲ ތަޢާލާ އާއިމެދު ވިސްނޭނެއެވެ. އެއިރުން އެންމެ ބޮޑު، އެންމެ ބޭނުން ކަންކަން ޙާޞިލުވީ ނޫންހެއްޔެވެ؟

ދުނިޔޭގައި ހޭދަކުރަން ލިބިފައިވާ މަދު ދުވަސްކޮޅާއިމެދު މިމޭރުމުން ނުވިސްނާނަމަ އެމީހަކަށް ހިތްހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެއެވެ. ކަންބޮޑުވާންޖެހޭ ކޮންމެވެސް ކަމެއް ކުރިމަތިނުވާ ދުވަހެއް ތިމާ އާއި ބައްދަލުކުރާނެކަމަށް އުންމީދުވެސް ނުކުރާށެވެ! ދުނިޔެއަކީ މުއުމިނުންގެ ހުރަގެ ކަމަށާއި ކާފިރުންގެ ސުވަރުގެ ކަމަށް އޮތް ބަސްފުޅުކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! އެއިރުން ހުރިހާ ހާސްކަމެއް ފިލައިގެން ހިނގައިދާނެއެވެ! އިން ޝާ ﷲ

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *