އއ.ބޮޑުފޮޅުދޫ، އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބް ގެ އަންހެން ވޮލީޓީމާއި ކުނބުރުދޫ ފެހިވިނަ ސްޕޯރޓްސް ކުލަބް ގެ އަންހެން ވޮލީޓީމް ބައްދަލު ކުރި އެކުވެރިކަމުގެ ވޮލީ މެޗް 3-1 ސެޓުން އާރުބީޖީ ގެ އަންހެން ޓީމް ކާމިޔާބު ކޮށްފިއެވެ. އާރުބީޖީ އިން މަޢުލޫމާތު ހިއްސާކުރައްވަމުން އެކުލަބުގެ ރައީސް ނަސީމް ވިދާޅުވީ މި މެޗަކީ ފެހިވިނަ ސްޕޯޓްސް ކުލަބާއި ގުޅުން ބަދަހި ކުރުމުގެ މަގްސަދުގައި ކުޅެވުނު މެޗަށް ކަމަށެވެ. މިމެޗް ކުޅެފައިވަނީ ބޮޑުފޮޅަދޫ ވޮލީ ކޯޓުގައި ކަން ފާހަގަ ކުރަމުން ނަސީމް ވިދާޅުވީ މެޗްގެ ފުރަތަމަ ސެޓް 17-25 އިން ފެހިވިނަ ކާމިޔާބުކުރި އިރު 2 ވަނަ ސެޓް 21-25 ފެހިވިނަ ވަނީ ކާމިޔާބު ކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ 2 ސެޓްގައި އާރުބީޖީ ޓީމްގެ ކުޅުން އެހެން މެޗުތަކާއި އަޅާބަލާއިރު ކުޅުން ދަށްކަމަށް ރައީސް ވަނީ ފާހަގަ ކޮށްފައެވެ. އަދި ސަބަބެއް ކަމުގައި ނަސީމް ވިދާޅުވީ ޓީމް ޕްރެކްޓިސް ކުރަމުން މިހާރު އަންނަނީ ވޮލީގެ އެންމެ ފަހުގެ ފޯމޭޝަނަށް ކަމަށާއި އަދި ޓީމަށް އެފޯމޭޝަން ގައި ކުޅުމަށް އުނދަގޫ ތަކެއް ހުރުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މިމެޗްގެ 3 ވަނަ ސެޓުން ފެށިގެން އާރުބީޖީ ޓީމުން ކުޅުން ރަނގަޅުކޮށް 25-23 އިން 3 ވަނަ ސެޓް ކާމިޔާބުކޮށް 4 ވަނަ ސެޓް ވެސް 18-25 އިން ސެޓް ކާމިޔާބުކޮށް މެޗުން ވަނީ މޮޅުވެފައެވެ.
އާރުބީޖީ އަދި ފެހިވިނަ ބައްދަލު ކުރި މެޗް ފެށުމުގެ ކުރިން އެކުލަބުން ވަނީ ޚާއްސަ ހަރަކާތެއްވެސް ވޮލީ ކޯޓުގައި ގެންގޮސްފައެވެ. އެކަމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އާރުބީޖީ ސކ ގެ ރައީސް ވިދާޅުވީ އާރުބީޖީ އަކީ ފެށުނީއްސުރެ ކުޅިވަރުގެ އިތުރުން ގިނަ ހަރަކާތްތަކަށް ހިންގާ ކުލަބެއްކަމަށާއި ރަށުގައި ބަލި ހާލަތުގެ ގޮތުން އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިވެދެމުން އަންނަކަމަށާއި، އެގޮތުން މި ހަރަކާތަކީ އާރުބީޖީސކ ގެ ދެ މެމްބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު ފަނޑްރައިޒިން ހަރަކާތެއްކަމަށެވެ. އެގޮތުން މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބޮޑުފޮޅަދޫ ސްކޫލާއި އާރުބީޖީސކ ގުޅިގެންކަމަށް ރައީސް ވިދާޅުވި އެވެ. މި ހަރަކާތުގައި ފަންޑް ފޮށްޓެއް ވޮލީކޯޓް ސަރަހައްދުގައި ބެހެއްޓިފައި ވާއިރު ސްކޫލްގެ މުއައްޒިފުން އިސްވެ ތިބެ ކެންޓީނު އެއްގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ. މި ހަރަކާތުގައި ގިނަ ރައްޔިތުންތަކެއް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ހަރަކާތް ފައްޓަވާ ދެއްވައި ވޮލީމެޗް ޝަރަފް ވެރި ކޮށްދެއްވީ އއ.މަތިވެރީ ޑަބްލިއު،ޑީ،ސީގެ ރައީސާ މުސްލިމާ އެވެ. އާރުބީޖީސކ ގެ ރައީސް ވިދާޅުވީ މުސްލިމާ އަކީ އާރުބީޖީ ސްޕޯޓްސް ކްލަބް އަށް މުހިންމު ދައުރެއް އަދާކޮށްދޭ ފަރާތެއް ކަމަށާއި ކުލަބުން އެދުނު ކޮންމެކަމެއް ފަސްޖެހުމެއްނެތި ސާބިތުކަމާއެކު ކޮށްދީ އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ކަމަށެވެ. އަދި މުސްލިމާ ވެދެއްވާ އެހީތެރިކަމާއި މިކުލަބަށް ކޮށްދޭ މަސައްކަތުގެ އަގު ވަޒަންކޮށް 2020 ވަނަ އަހަރުގެ އެކުލަބުގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ވަނީ ހާއްސަ ހަނދާނީ ފިލައެއް ދީފަ އެވެ.
އަދި މާރޗް 25 ވާ ހުކުރު ދުވަހު އެމް އެން ޔޫ ގެ ވޮލީ ޓީމާއި އެކު ބޮޑުފޮޅުދޫ ގައި ވަނީ މެޗެއް ކުޅުމަށް ހަމަޖެހިފައެވެ.
