އިންގްލެންޑް (މާރޗް 19، 2022) – އިނގިރޭސި އެފްއޭކަޕްގައި ޗެލްސީ އާއި މިޑްލްސްބަރާ ބައްދަލު ކުރި މެޗުން 2-0 ގެ ނަތީޖާއިން ޗެލްސީ މޮޅުވެ ސެމީ ގެ ފުރަތަމަ ޖާގަ ކަށަވަރު ވެއްޖެއެވެ. މިޑްލްސްބަރާ ދަނޑުގައި ކުޅުނުމެޗު ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާ އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ވަރަށް ރީތި މޮޅުކުޅުމެއް ދެ ޓީމުން ވެސް ފެނިގެން ދިޔައެވެ. މިޑްލްސްބަރާ އަކީ މި މުބާރާތުން ޔުނައިޓެޑާއި ޓޮޓެންހަމް ވެސް ކަޓުވާލި ޓީމެކެވެ. ދުނިޔޭގެ ޗެމްޕިއަން ޓީމު އަތުން ބަލިވެ ކެޓިނަމަވެސް މިޑްލްސްބަރާ ވަނީ އެހެން ޓީމުތައް ޖެހިލުންވާ ފަދަ ކުޅުމެއް ދައްކާ ނަތީޖާ ނެރެފައެވެ.
ޗެލްސީ ލަނޑު ތައް ކާމިޔާބު ކުރީ 12 ވަނަ މިނެޓާއި 15 ވަނަ މިނެޓް ގައި ލުކާކު އަދި ޒިޔެޗް އެވެ
