އިންގްލެންޑް – އިނގިރޭސި އެފް އޭ ކަޕް ސެމީގެ ޖާގަތަކަށް ޕްރެމިއަރ ލީގު ތާވަލު ގެ ކުރީ ގައި މިވަގުތު އޮތް 3 ޓީމާއި އެކު ކްރިސްޓަލް ޕެލަސް ހަމަ ޖެހިއްޖެ އެވެ.
ކްރިސްޓަލް ޕެލަސް ޖާގަ ކަށަވަރު ކުރީ އެވަޓަން އާއި ބައްދަލުކޮށް 4-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. ކޮންމެ ހާފެއްގައި ދެލަނޑު ކާމިޔާބު ކުރިއެވެ. ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ގުއެހި އަދި 41 ވަނަ މިނެޓުގައި ޖީން ފިލިއްޕެ އެވެ. ދެވަނަ ހާފްގައި ލަނޑު ޖެހި ކުޅުންތެރިންނަކީ 78 ވަނަމިނެޓްގައި ޒަހާ އާއި 87 ވަނަ މިނެޓްގައި ވިލް ހުޖެސް އެވެ. މި ނަތީޖާ އާއެކު ލަމްޕާޑު ކޯޗުކަމުގައި ބަހައްޓާނެތޯ ވަނީ ސުވާލު އުފެދިފައެވެ.
ސިޓީ ވެސް ވަނީ ފަސޭހަ 4-1 ގެ ނަތީޖާއިން މޮޅުވެ ސެމީއަށް ދަތުރު ކޮށްފައެވެ. ސިޓީ ޑިފެންޑަރު އެމެރިކް ލަޕޯޓޭ އަތުން ބައިކޮޅަށް ވަތް ލަނޑުން ސައުތުހެމްޓަން އިން ފުރަތަމަ ހާފުގައި 1-1 ކުން އެއްވަރު ކުރިނަމަވެސް ދެވަނަ ހާފުގައި ސިޓީން ވަނީ އިތުރު ތިންލަނޑު ޖަހާ ސެމީ ޖާގަ ކަށަވަރު ކޮށްފައެވެ. އަދި ހަމަ ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ސެމީގެ ޖާގަ ހޯދުމުން ސެމީގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ.
އެޕްރީލް 16 އަދި 17 ވަނަ ދުވަހު ސެމީ ފައިނަލުގައި ބައްދަލު ކުރާނީ ލިވަޕޫލް – ސިޓީ އަދި ޗެލްސީ – ކްރިސްޓަލް ޕެލަސް އެވެ. އެފް އެކަޕް މެޗުތައް ސެމީން ފެށިގެން ކުޅެމުން ދާނީ ވެމްބްލީ ސްޓޭޑިއަމް ގައެވެ.
