ތާރީޚުގެ ތެރެއިން މެއިމަސް

  • 1 މެއި 1960 –  މާލޭ އިންޓަނޭޝަނަލް އެއަރޕޯޓްގެ ރަންވޭ ހެދުމުގެ މަސައްކަތް ފެށުން. މިއީ ކުރިން އިގިރޭސިން ހަދާފައިވާ މެޓަލް ރަންވޭގެ ބަދަލުގައި ހެދުނު އާ ރަންވޭ ހަދަން ފެށުނު ދުވަސް
  • 1 މެއި 1960 – ސަރުކާރު މުއައްޒަފުންގެ ހެދުމަކީ ފިރިހެނުންނަށް ގަމީހާއި ފަޓްލޫން، އަންހެނުންނަށް ޕާކިސްތާން ހެދުން ކަމުގައި ހަމަޖެއްސުން
  • 2 މެއި 1970 –  ހުކުރު ޢީދު އަދި ކޭތަ ނަމާދުގައި ދައުލަތުން ފާސްކުރައްވާފައިވާ ޚުތުބާ އެއް ނޫނީ ކިޔުން މަނާކުރުން
  • 4 މެއި 1961 –  ކ.ވިލިގިލީ މީހުން ހުޅުލެއަށް ބަދަލުކޮށް ނިންމުން
  • 7 މެއި 1893 – ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ފުރަތަމަ ފަހަރަށް ރަސްކަމަށް އިސްވުން. އެރަދުން ރަސްކަމަށް އިސްކުރެވުނީ އެދުވަހު ގުޅަކުޅޭ ފަސްގަނޑުގައި ހަނގުބޭކަލުން އެއްވެ ބޮޑު ފަތަފޮޅި ބެއްސެވުން ބޭއްވުމަށްފަހު އެކަން ނިމިގެންނެވެ. އެރަދުން ރަސްކަމަށް އިސްކުރެވުނީ އުމުރުން 13 އަހަރުގައެވެ.
  • 7 މެއި 1951 –  ސަރ ޖޯން ކޮތަލާވަލާ މާލެ ވަޑައިގަތުން
  • 7 މެއި 1968 –  ހުޅުލެ އާއި ގާދޫ ވެލީގެ ގޮތުން ގުޅުވާލެވުން
  • 7 މެއި 1978 –  ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާގައި ރާއްޖެ ބައިވެރިވުން
  • 9 މެއި 1969 –  އަމީނިއްޔާ ސުކޫލްގެ އާ އިމާރާތް އަލްއަމީރު އިބްރާހީމް ޢަލީ ދީދީ ހުޅުވައިދެއްވުން
  • 9 މެއި 2009 –  ގިނަ ސިޔާސީ ޕާޓިތައް ބައިވެރިވެގެން ބޭއްވި ފުރަތަމަ ރައްޔިތުން މަޖުލީހުގެ އިންތިޚާބުގެ ވޯޓްލުން ބޭއްވުން
  • 10 މެއި 1961 –  : އިސްކަންދަރު ސުކޫލް ހުޅުވުނެވެ. ފުރަތަމަ ސުކޫލްގެ ނަމަކީ ނާޞިރިއްޔާ މޮންޓެސޫރީ ސުކޫލެވެ. ފުރަތަމަ ޕްރިންސިޕަލަކީ ސިލޯނުގެ ބޭކަނބަލެއް ކަމުގައިވާ ވެން ކިއު ލަމްބާ އެވެ.
  • 11 މެއި 1948 –  ގައުމީ އެކުވެރިކަމުގެ ކުންފުނި އުފެއްދުން. ކެޕިޓަލް އަކީ އެއްލައްކަ ރުފިޔާ. މިއީ ފުރަތަމަ އާންމުކޮށް ހުޅުވާލެވުނު ކުންފުނިއެވެ. ޙިއްޞާ އަކީ 10 ރުފިޔާ އެވެ.
  • 12 މެއި 1942 – އަންހެނުން އަޅަމުން އައި، ބޯވަޅު އެޅި ލިބާސް، ފޭލި އަދި ރުމާގެ ބަދަލުގައި އެހެން ހެދުމެއް އެޅުމުގެ ހުއްދަ ދައުލަތުން ދެއްވި. އޭގެ ނަތީޖާއެއްގެ ގޮތުން ނަންބަރު ހެދުން އުފެދިގެން ދިޔަ.
  • މެއި 121981 –  ލިޔަން ކިޔަން ނުދަންނަ މިޙުންނަށް ސަރުކާރުގެ ވަޒީފާ ނުދޭގޮތަށް ހަމަޖެއްސުން
  • މެއި 131948 –  މާލޭގެ މަގުތަކަށާއި ގެތަކަށް ނަންދެވި ސަރުކާރުގައި އެކަން ރަޖިސްޓްރީ ކުރަން ފެށުން
  • މެއި 131964 –  ލ.އަތޮޅު އޮފީސް، ލ.ދަނބިދޫ އިން ލ.ހިތަދޫ އަށް ބަދަލުކުރުން
  • މެއި 132009 –  ހުޅުމާލޭގައި ހުންނަ ލާލޭ އިންޓަނޭޝަނަލް ސްކޫލް ރަސްމީގޮތުން ހުޅުވުން. މިތަން ހުޅުވައިދެއްވީ ރައީސް މުޙައްމަދު ނަޝީދު
  • މެއި 161903 – އެޗް އެމް އެސް ހައިފްލައިގައި އޮޅުދޫކަރަ ގައި ހުންނެވި ގަވަރުނަރުގެ ވަކީލް ލެފެޓިނެންޓް ގަވަރނަރ އީއެފް އިމްތާރން ރަސްކަން ބަދަލުވީގޮތް ތަހްގީގުކުރެއްވުމަށް މާލެ ވަޑައިގަތެވެ. އޭގެ ހައެއްކަ ދުވަސް ފަހުން ޙާޖީ ޢިމާދުއްދީން އެސްއެސް އިލާފީގައި މާލެ ވަޑައިގެން ބަނދަރުގައި އޮންނަވާފައި އެބުރި އޮޅުދޫކަރަ އަށް ވަޑައިގެންނެ ވިއެވެ.
  • މެއި 171967 –  ދިވެހިރާއްޖެ އިންޓަގަވަމެންޓަލް މެރިޓައިމް ކޮންސަލްޓޭޓިވް އޮގަނައިޒޭޝަންގެ މެންބަރަކަށްވުން
  • މެއި 201980 –  މަސްޖިދުއް ސުލްޠާން ޢާދިލް ރައީސް ހުޅުވައިދެއްވުން
  • މެއި 211958 –  ތިލަދުންމަތި ދެބައިކުރެއްވުން
  • މެއި 211959 : ފިލްމް ދައްކާ ސިނަމާއެއްގެ ގޮތުގައި އޮލިމްޕަސް ހުޅުވުން. ފުރަތަމަ މިތަން ތައްޔާރު ކުރީ 35 މިލިމީޓަރުގެ ފިލްމް ދައްކާ ގޮތަށެވެ.
  • މެއި 271969 –  އަލްއަމީރު މުޙަންމަދު ފަރީދު ދީދީ ފުރައުއްތަވުން
  • މެއި 301956 – – މަޖީދިއްޔާ ސްކޫލްގައި ބޯއީ ސްކައުޓް އުފެއްދުން
  • މެއި 311951 –  12 ޞަފްޙާ ހިމެނޭ ކުޑަ ގާނޫނު އަސާސީ އަށް އިޞްލާހު ގެނެސް އަމަލުކުރަން ފެށުން! އެފަހަރު ގެނެވުނު އިސްލާހުތައް ތަޞްދީގު ކުރެއްވީ ވަލީ ކޮމިޓީގެ ރައީސްމުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އަދި ވަލީ ކޮމިޓީގެ މެންބަރު ޢަބުދުﷲ ފަހުމީދީދީ ނުވަތަ އަބްދުއްﷲ ޖަލާލުއްދީން އެވެ.
  • މެއި 292014 –  19 ވަނަ ރައްޔިތުންގެ މަޖްލީހުގެ 85 މެމްބަރުން ހުވާކުރުން
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *