ނެޓްފްލިކްސްގައި މިހާރު އެންމެ ފިޔަޖަހަމުންދާ ސީރީޒް ހީރަމަންދީގެ ހަގީގަތް

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރިލީޒްކުރި އިންޑިއާގެ ފިލްމީ ތަރި ސަންޖޭ ލީލާ ބަންސާލީގެ ނެޓްފްލިކްސް ސީރީޒް ހީރަމަންދީ، ދަ ޑައިމަންޑް ބާޒާރަކީ މިހާރު އެންމެ މަޝްހޫރު އަދި ބެލުންތެރިންގެ ލޯތްބާއި އެމީހުންގެ ތަޢުރީފު ލިބުނު ސީރީޒެކެވެ.

މަޝްހޫރު ސަންޖޭ ލީލާ ބަންސާލީ އަކީ އަބަދުވެސް އޭނާގެ ކުޅަދާނަކަމުން  އޭނާގެ ފިލްމުތަކުގައި ދިރިއުޅުމާއި ސަގާފަތާއި އަންހެނުންނާއި އެމީހުންގެ ގަހަނާއާއި އެނޫންވެސް އޭރުގެ ދިރިއުޅުން ދައްކުވައިދޭ މޮޅު އާޓިސްޓެކެވެ.

ތަރިންގެ ތެރޭގައި މަނީޝާ ކޮއިރާލާ، ސޮނާކްޝީ ސިންހާ، އަދީތީ ރާއޯ ހައިދާރީ، ރިޗާ ޗާދާ، ސަންޖީދާ ޝެއިޚް، ޝަރުމީން ސެގަލް، ފަރީދާ ޖަލާލް، ފަރުދީން ޚާން، އަދްޔާޔަން ސުމާން އަދި ޝެކަރް ސުމާން ފަދަ ސްޓެލާ ޕާފޯމަރުން ހިމެނެ އެވެ. މި ސީރީޒް ނެޓްފްލިކްސް އިން 1 މެއި 2024 ރިލީޒްކުރިއިރު މުޅި ސޯޝަލް މީޑިޔާގައި ދެކެވޭވާހަކައަކީ ހަގީގީ ދިރިއުޅުމުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުގެ މޮޅުކަމެވެ.

ހީރަމަންދީ އަކީ ލާހޯރުގެ މަޝްހޫރު ނެށުމާއި ލަވަކިޔުމަށް އެންމެ މަޝްހޫރު ބާޒާރެކެވެ.  މުޣަލް އެމްޕަޔަރގެ ޒަމާނުގައި ހީރަމަންދީ އަކީ ތަވައިފު ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ލަވައާއި ނެށުމުގެ ޖަމާއަތެކެވެ. އުރުދޫ ބަހުން ހީރާ އަކީ ޖަވާހިރު ކަމުގައިވާތީ އެ ސަރަހައްދުގެ ނަށާ އަންހެން ކުދިން ސިފަކޮށްދިނުމަށް މި ބަސް ބޭނުންކުރެވެއެވެ. ޕަންޖާބުގެ ބޮޑުވަޒީރުކަމަށްވާ ހިރާ ސިންގް ޑޯގްރާ ގާއިމް ކުރެއްވި މި ޝާހީ މޮހައްލާއަކީ  އޭނާ ގަބޫލުކުރައްވާ ގޮތުގައި ތަވައިފުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށާއި އިގްތިސާދީ މަރުކަޒެއްގެ ގޮތުގައި ހަދަން ރަނގަޅު ތަނެއްކަމަށްވާތީ މިސަހަރައްދު ހީރާމަންދީގެ ގޮތުގައި ވުޖޫދު ކުރެއްވިއެވެ. މުޣަލް އެމްޕަޔަރގެ ޒަމާނުގައި އަފްޣާނިސްތާނުންނާއި އުޒްބަކިސްތާނުން އަންހެނުން މިތަނަށް ގެނެވި ލަވަކިޔުމާއި އިންޑިޔާގެ ސަގާފީ މިއުޒިކާއި ޅެންވެރިކަމާއި ނެށުން ކުރިއަށް ގެންދިޔައެވެ.

ފަހުން އިގިރޭސީންގެ އަޅުވެތިކަމުގައި މިތަނަކީ ހަށިވިއްކާ ނާސިގެއަކަށް ހެދިތަންތަނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *