ވެހިކަލް ވަގަށް ނެގި ކަމަށް ބުނާ މީހާގެ ނަން މަތީގައި 100 ވެހިކަލް

އެމްއޭސީއެލް އަދި އިމިގްރޭޝަންގެ ކާރެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ނަން މަތީގައި 100 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަަދު ދާއޫދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ދައުލަތުގެ ވޭނެއް ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގު ކުރިއިރު، އެ ވޭން މީގެކުރިން އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއް ކަމަށްވާ ހ. ހީރާނުގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖެއްގެ ތެރެއަށް ވޭން ވެއްދި މަންޒަރު ފެނިފައިވާ ކަމަށެވެ.

މި ކާރުތައް ވަގަށް ނެގި މައްސަލާގައި އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މުހައްމަދު ހައިޝަމް, 42, މ. ސީނިއަސުރުމާގެ ހައްޔަރުކޮށްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެެ.

ވަގަށް ނެގި ވެހިކަލްތައް ފެނިފައިވަނީ ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖެއްގެ ތެރެއިން ކަމަށާއި މިއީ މި މައްސަލާގައި ހައްޔަރުކުރި ނިޒާމްގެ ގަރާޖެއް ކަމަށް ވިދާޅުވި އެވެ.

އެ ގަރާޖު ބަލާ ފާސްކުރިއިރު ނިޒާމްގެ ނަން މަތީގައި 100 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ދާއޫދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލް ހިމެނޭއިރު، 43 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާ ނިޒާމުގެ އަންހެނުންގެ ނަމުގައި ކަމަށް ދާއޫދު ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ، 86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު 86 ގަރާޖު ސިޓީ މާލޭގައި އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީ އަދި މިހާރު މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ މެދުވެރިކޮށް ބެލި ބެލުމުން 2023 ގެ ކުރިން 2025، 2026 އަދި 2027 ވަނަ އަހަރުތަކަށް ވެސް ވެހިކަލްތައް ރަޖިސްޓްރީކޮށްދީފައިވާކަން އެނގިގެން ގޮސްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، މިމައްސަލައިގައި ހިމެނޭ ނިޒާމުގެ މައްސަލަ ތަހުގީގު ނިންމައި، ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ފުޅާމިނުން މިނިސްޓްރީއެއް މިކަމުގައި ހިމެނޭތީ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ދާއޫދު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *