ބްރެޒިލްގެ ފެށުން އެހާ ރަނގަޅެއްނޫން

ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ބްރެޒިލް އާއި ކޮސްޓަރިކާ ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. މި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މި މެޗު ފަށައިގެން ފުރަތަމަ ހާފު ޑޮމިނޭޓުކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެމުން އައީ ބްރެޒިލުންނެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ބްރެޒިލުން ޖެހި ލަނޑު ރެފްރީ ވަނީ  އޮފްސައިޑު ކަމަށް ނިންމައިފައެވެ.

މެޗުގައި އޭގެ ފަހުން ވެސް ކޮސްޓަރިކާގެ ގޯލާ އަމާޒުކޮށް ފުލުފުލުގައި ގިނަ ހަމަލާތަކެއް ބްރެޒިލުން ވަނީ އުފައްދާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި މެޗު ނިމިގެން ދިޔައީ ވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.  ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ބްރެޒިލްގެ ފެށުން އެހާ ރަނގަޅަކަށް ނޫނެވެ. މި ގުރޫޕުގެ ދެވަނަ މެޗުގައި ރޭ ކޮލަމްބިއާ އަދި ޕެރެގުއޭ ބައްދަލު ކުރި މެޗު ކޮލަމްބިއާ އިން ވަނީ ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މި ގުރޫޕުގެ އެއްވަނައިގައި މިވަގުތު އޮތީ ކޮލަމްބިއާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *