ޔޫރިމޫން

ޔޫރިމޫ މިއީ ޤަލަމެކެވެ. މި ލިއުމުން ފެށިގެން މި ޤަލަމްގެ ނަމަކީ، {ޔޫރިމޫން ، YOORIMOON} އެވެ. 

މިއީ "ރަން" ،"ރިހި" ޤަލަމެއްނޫނެވެ. މިއީ އިސްލާމީ ދިވެހި އުއްމަތުގެ ޙައްޤުގައިި، ޤައުމުގެ ކުރިއެރުމަށް  ހިނގި ޤަލަމެކެވެ. މި ޤަލަމުގެ ފުރަތަމަ ލިއުމަކީ "ޅަޢުމުރުގައި ކުރުދޮށީގަހިފާށެވެ."

މި ލިއުން މުޖްތަމަޢަށް ނުކުތީ، ރައީސް މައުމޫންގެ ވެރިކަމުގައި، ނެރުއްވި ފުރަތަމަ މަޖައްލާ، "ރަސްއައިން" ގެ ފުރަތަމަ ޢަދަދުގައި 1980 ވަނައަހަރު ލިޔެވިގެންނެވެ. އޭގެ ފަހުން، މި ހިނގާ އަހަރު ތަކުގައި، މަދު ދުވަސްތަކެއް ފިޔަވައި، ކޮންމެ ދުވަހަކީ ވެސް، މި ޤަލަން (ޔޫރިމޫން) ގެ ލިއުން ކޮޅެއް މުޖްތަމަޢަށް ހާމަ ކުރެވޭ ދުވަހެކެވެ.

ފުޓްބޯޅަދަނޑުގައި ނެރުނު "ފޮޅިން" ނެވެ. ޚާއްޞަކޮށް ރޭޑިއޯ އާއި ޑްރާމާ އިންނެވެ. ޓީވީ، ޕްރޮގްރާމް ތަކާއި ނޫސްމަޖައްލާ ތަކާއި އެތަކެތީގެ އެޑިޓޯރިއަލް ތަކުންނެވެ. ސިޔާސީ މައިދާނުންވެސް މެއެވެ. އަދި މީސްމީޑިއާއާއި އެފްބީ އިންނެވެ. މި ލިއުންތަކުގައި ގެނެސްދެވޭ ނަން ބަދަލުވެދާނެއެވެ. އެހެންނަމަވެސް އެއީ " Yoorimoon"  ޤަލަމެވެ. ޔޫރިމޫންގެ ލިއުންތައް ބޮޑަށް އަމާޒުވަމުންދާނީ އެހެން ލިއުންތެރިން ގިނައިން އަތްނުލާ ކަހަލަ ކަންތައްތަކުގައެވެ. މިފަދަ ލިއުންތަކަށް "ފުންނަޒަރު" އަޅުގަނޑު ކިޔާނަމެވެ.  

ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނަމުން ދަނިކޮށް، 67 އަހަރުގެ ޔޫރިމޫން އަށް އަނެއްކާވެސް ދިރުމެއް އައީ އެވެ. "Beefaan.com"  ގެ އެޑިޓަރު ދެއްވި ހިތްވަރާ އެކުގައެވެ. "ވަޖީހު ސަރ" ގެ ބަހަކީ އަދި ކުރިއަށް ދާންވީ އެވެ. "ޅަޢުމުރުގައި ހިފި ކުރުދޮށި" އަދި ދޫކޮށް ނުލާ ބީފާން އޮންލައިން އަށް ލިޔަންވީ އެވެ. މި ޖީލުގައި ހިތްވަރުހުރި ދަރިން އުފެއްދުމުގައި، ދިވެހިބަހުގެ ދަރިވަރުންގެ މި "ޖީލުގެ އެއްބައްޕަވަޖީހު ސަރ ގެ ދައުރު ކުޑައެއް ނުވާނެއެވެ.   

            އެހެންވީމާ އިންޝާ ﷲ ކުރިއަށް ދާނަމެވެ. ރަނގަޅު ލިއުންތަކެއްގެ ކޮލަމްތައް ފެނިގެން ދާނެކަމަށް އުއްމީދު ކުރައްވާށެވެ.  

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ލިޔުންތެރިންގެ ސައިޓުން ވެސް "ޔޫރިމޫން" އަށް ވަރަށް ގިނަ ދައުވަތު އެރުވީމު.
    ތަކުރާރުކޮށް ބައްދަލުވާ ދުވަސްތަކުގައި ހަނދުމަފުޅުކޮށް އެރުވީމު.
    އަލުން ގަލަން ނެންގެވީތީ ތަހުނިޔާ!
    "ނެގި ގާގަނޑު" ގެ ހަނދާން ވެސް އެބަހުރި.

  2. ޔޫރިމޫ އަކީ މޮޅު ލިޔުންތެރިއެކެވެ. ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މި ނޫހުންވެސް ސަޅި ލިޔުންތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރަމެވެ.

    1. އަޚް ޝާކިރު، އޮނަރަބްލް މަރްޙޫމް ޒަކީގެ ލިއުއްވުމަކުން އަޅުގަނޑަށް ކިއުނު ވާހަކަ ކޮޅެއްގައި ވިދާޅުވެފައިވޭ. "ކިތަންމެ ރަނގަޅު ވާހަކައެއްވެސް ، މުނާސަބު ނޫން ވަގުތެއްގައި ޙާލަތެއްގައި ބުނެވިދާނެ. އަދި ރަނގަޅު ނޫން ވާހަކައެއްވެސް މުނާސަބު ވަގުތެއްގައި، ޙާލަތުގައި ބުނެވިދާނެ." އަޚް ޝާކިރު އެދިލެއްވުމުން ލިޔުމުގެ ވިސްނުމަކަށް ދެވޭތޯ ވަރަށް މަސައްކަތްކުރިން. އެކަން އަޅުގަޑަށް ކާމިޔާބު އެދުވަސް ވަރު ކާމިޔާބު ނުކުރެވުނު. ވ.މާފު.
      އައިންތު ވ.ބޮޑަށް ޝުކުރުވެރިވަން. އަޅުގަނޑު ބަލާނަން ލިއެވޭތޯ.އިންޝާ ﷲ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *