"ޅަޢުމުރުގައި ކުރުދޮށީ" ގައި ހިފި ބޭނުން:

ކުށްކުރުމުން އެކުށަކާ އެކަށީގެންވާ އަދަބު ލިބެންޖެހެއެވެ. އަދަބުގެ ސަބަބުން ކުށުންބަރީ އަވެ، ކުށާދުރަށް ގޮސް އިޞްލާޙްވާތަން ފެނެއެވެ. "ޅަޢުމުރުގައި ކުރުދޮށީގައި ހިފާށެވެެ" ދޮޅު ޞަފްހާގެ މި ލިއުމުގައި، ޓީންއޭޖްެގެ ކުއްޖަކު، މަސްތުވާތަކެތި  ބޭނުންކޮށްގެން ޙުކުމް އިއްވާ ، މެދު ރާއްޖެ ތެެރޭގެ އުތުރުގެ ރަށަކަށް އަރުވާލައެވެ. މިރަށަކީ މަސްވެރިކަމުގެ ރަށެކެވެ. މީނާ މިރަށަށް އަރުވާލި ދުވަހުގެ ރޭ ފަތިހު ތެދުވެ، އަނދިރިކަން ނުފިލަނީސް އިރުމަތި ފަރާތު ބަނދަރުމަތީގައި ހުރި ހޮޅު އަށީގައި އެކަނިމާ އެކަނި އިނެވެ. އަލިވިލެމުން އައި އިރު، ފެންނަމުންދިޔައިީ ދުވަހަކުވެސް މީނާ އަށް ފެނިފައިވާ މަންޒަރެއްނޫނެވެ. ކުރުކޮށް ބުނާނަމަ މަސްވެރިން މަހަށް ފުރާ މަންޒަރެވެ. އިރުގެ އަލިކަން ފެތުރެމުން ދިޔަވަރަކަށް އިރުގެ ދޯދިތަކުން ހަށިގަނޑުގެ ތެރެއަށް ތާޒާ ހޫނެއް ވަދެ،  މުޅި ޙަޔާތުގައިވެސް ނާންނަ ހިތްހަމަޖެހުމެއްގެ އުފާވެރިކަމެއް އިޙްސާސްވަމުން ދިޔައެވެ.

މިލިއުމުގައިވާ ގޮތުން މިކަމާމެދު މީނާވިސްނާ މަސްވެރި އަކަށްވުމުގެ ޚިޔާލު އުފެދި، "ޅަޢުމުރުގައިކުރުދޮށީގައި" ހިފިއެވެ. މިނިވަންވެގެން ދޫކޮށްލިއިރު، ހުރީ ތަނަވަސްކަންހުރި، މަސްވެރިކަމުގެ ތެރެއަށް ވަދެވިފައިވާ ޓީން އޭޖްގެ ޒުވާނެއްގެ ގޮތުގައެވެ. މިލިއުމުގެ ބޭނުމަކީ މިގޮތަށް ހުރިހާ އެންމެން ވާނެއެކޭ ބުނުމެއްނޫނެވެ.

"ޔޫރީމޫން" ގެ ގަލަމުގެ މިޙަޔާތުގައި، ކުށްކޮށްގެން އަންނަ ގިނަ ޙުކުމްތަކަކީ، ރާއްޖެތެރޭގެ ރަށަކަށް ފޮނުވާލުމެވެ. ކަތީބުންގެ ބެއްލެވުމުގެ ދަށަށެވެ. ކަތީބުންގެ ބެއްލެވުމުގެ ދަށުން، މި މީހުން ކުށްވެރީންގެ ގޮތުގައި ތިބޭ މުއްދަތުގައި  ރަށުގައި މިނިވަންކަން މަތީ އުޅެވުނަސް ، ކުށްވެރިއެއްގެ އިޙްސާސް އޭނާއަށް ހަނދާންނެތޭ ފަދަ އުޅުމެއް އޭނާއަށް އެރަށަކުން ނުލިބޭނެއެވެ. އަޚްލާޤް ރަނގަޅު އުޅުމެއް އުޅެމުންދާ މިންވަރަކުން، ރަށުގެ މީހުން އޭނައާ ވަހަކަ ދައްކާ އުޅޭނެއެވެ. މުޖްތަމަޢުގެ ކަންތައްތަކުގައި ބައިވެރި ކުރާނެއެވެ. ކެއުމާއި ސައިތަކުގައި ބައިވެރި ކުރާނެއެވެ. މި ވާހަކަ "ޔޫރިމޫން" ގެ ޤަލަމުން، މިފާހަގަކޮށްލީ، ރަށްރަށް ހިންގުމުގެ ދާއިރާގެ ތެރެއިން، މީހުން ފޮނުވާލާ  ރަށްރަށުގެ ކަތީބުންގެ ހިންގުމުގެ ހުނަރުވެރިކަން ފާހަގަ ކޮށްލުމުގެ ގޮތުންނެވެ.

ރަށްރަށަށް މީހުން އަރުވާލުމާ، އަރުވާލާމީހުން ގެނުގުޅުމުގައި އުޞޫލުތަކެއް ސަރުކާރުންވެސް ކަނޑައަޅާފައި ހުރެއެވެ. ފާހަގަ ކޮށްލެވޭ އެއްކަމަކީ، ދެކުނުގެ މީހުން އަރުވާލަނީ އުތުރަށެވެ. އުތުރުގެ މީހުން ދެކުނަށެވެ. ސިޔާސީ ކުށްވެރީންގެ ގޮތުގައި ބެލެވޭ މީހުންފޮނުވާލުމުގައި ފާހަގަކޮށް ލެވޭ ޚާއްޞަ ރަށް، އަދި އަތޮޅަކީ ފުވަށްމުލަކެވެ. ބ. އަތޮޅުގެ ގޮއިފުޅަފެހެންދޫ (ކުރިން މީދެރަށް) މިއީ ވަށްކަން ކުރާމީހުންނާ، ދީނުގެ ބޮޑެތި ޙުކުމްތައް ދިގުމުއްދަތަށް ތަންފީޒް ކުރާމީހުންގެ ޚާއްޞަ ދެރަށެވެ. މިރަށް ރަށަށް އަރުވާލެވޭމީހުން، އެއްވައްތަރެއްގެ ކުށް ކޮށްފާ ތިބޭމީހުން، އިނދެގެން އުޅޭކަމުގެ ޚަބަރުވެސް ލިބެމުން ދެއެވެ. ރަށްރަށަށް

އަރުވާލެވޭ ބައެއްމީހުން ގެ ސަބަބުން އަޚްލާޤީ ނޭދެވޭ އަސަރުތައްވެސް ރަށުގެ ރައްޔިތުންނަށް ކުރަމުން ދެއެވެ. މިސަބަބު ތަކަށް ޓަކައި، ޖަލުތައް އިތުރުވެ، ކުށްވެރީންގެ ޖަގަހަ ތަކަކީ މިހާރު ޖަލެވެ.

ކުށްވެރިއެއްގެ ގޮތުގައި ޖަލަށްލެވޭ ކޮންމެމީހަކާއި އެކު، ސަރުކާރުން ކުރަންޖެހޭ ޚަރަދު ތަކަށް ބުރަ ބޮޑުވެގެން ދާނެ އެވެ. މިއީ ޤައުމުގެ އިޤްތިޞާދަށް އަންނަ ބޮޑުބުރައެކެވެ.

ދިވެހިރާއްޖެއިން އިސްލާމްދީނުގައި ހުކުމް ކަނޑައެޅިފައިވާ ކަންތައްތަކުގައި، އެޙުކުމްތައް އިއްވުމުގައި ފަސްނުޖެހި އަދި  ތަންފީޒްކުރެވޭތަން ހާދަ ދެކެން ބޭނުންވެއެވެ. " ޔޫރިމޫން" އަށް މިކަން ފެނިދާނެ ބާވައެވެ؟

މި ނޫހުގެ އެދި ލެއްވުމަށް "ޔޫރިމޫން" ގެ ޤަލަމް، ނެގުމާއި އެކު، މާޒީގެ ހަނދާންތައް އައުވާން ފަށައި ފިއެވެ. މި ވޭތުވެދިޔަ ބައިޤަރުނު، އެކި ވައްތަރުގެ ހަނދާންތައް، ތަޖުރިބާތައް ބީފާނު  އޮންލައިން ނޫސް " ބައްލަވަމުން ކިއުއްވަމުން ގެންދަވާށެވެ، އިންޝާ ﷲ "ބީފާނު" ނޫހުން  "ޔޫރިމޫން" އަބަދުވެސް މަރުޙަބާ ކިޔާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *