މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ހާސިލް ކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕް 19 ދަރިވަރަކު ޙާޞިލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕަކީ، ރާއްޖޭގެ ސްކޫލުތަކުން މަތީސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވާ ދިވެހި ދަރިވަރުންގެ ތެރެއިން އެ އިމްތިޙާނުތަކުގެ "އިސްލާމް" އާއި "ދިވެހި" ހިމެނޭގޮތަށް، 5 މާއްދާއަކުން "އޭ ސްޓާރ" ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕެކެވެ. ހައިއެޗީވާރސް ސްކޮލަރޝިޕް ލިބެނީ އެ އިމްތިޙާންތަކުގެ"އިސްލާމް" އާއި "ދިވެހި" ހިމަނައިގެން 5 މާއްދާއަކުން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެން މަތީ ގްރޭޑެއް ކާމިޔާބުކުރާ ދަރިވަރުންނަށެވެ.
މި ދަރިވަރުންނަށް މި ސްކޮލާޝިޕް ރައީސް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާޚާއްޞަ ސްކޮލާޝިޕާއި، ހައި އެޗީވާސް ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހުރަވީ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕް ހާސިލު ކުރި 19 ދަރިވަރުންގެ ތެރެއިން ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ 6 ދަރިވަރަކީ، ތީބާ އަލީ ޝަފީއު، އައިޝަތު ޖަނާން އަހުމަދު، އަހުމަދު ޒާހު ވަދީފު، ރަޔާން އަހުމަދު އަލީ، އައިޝަތު ލީސާ ސައީދު، މައިހާ ހަސަން މުހައްމަދެވެ. ސީއެޗްއެސްއީގެ 6 ދަރިވަރަކީ ، އަބްދުﷲ ޒަޔާން ޒުހުރީ، އަލި ސައުދާން ޝަހީން، ހަސަން ބަނީން ޝުރޫތް، މުހައްމަދު އަބާން، މުހައްމަދު ލޫތް އިބްރާހިމް ޒިޔާއު، މުހައްމަދު ސާމިހް ޝަފީގް އެވެ. އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 4 ދަރިވަރަކީ، އަބްދުﷲ ފިރުޒާން އަހުމަދު، ލަޔާން މުހައްމަދު ރަޝީދު، ރަޒާން އިބްރާހިމް ރަޝީދު، ޔުމްނު ޔަމާން އަލީ އެވެ. އަރަބިއްޔާ ސްކޫލްގެ 3 ދަރިވަރަކީ، އަބްދުލް މަތީން މުހައްމަދު، ހުސެއިން ވާއިލް މުހައްމަދު، ފާތިމަތު އިމްޝާ އިބްރާހިމެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕުގެ ފުރުސަތު ކާމިޔާބުކުރި 19 ދަރިވަރެއްގެ އިތުރަށް ހައި އެޗީވާރސް ސްކޮލަރޝިޕްގެ ފުރުސަތު ހޯދީ 117 ދަރިވަރުންނެވެ.
މިއިން ކޮންމެ ސްކޮލަރޝިޕެއް ކާމިޔާބުކުރާ ކޮންމެ ދަރިވަރަކަށް، ދުނިޔޭގެ ނިސްބަތުން މަތީފެންވަރުގެ ޔުނިވަރސިޓީއަކުން ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ހަމަޖައްސައިދޭނެއެވެ.
