ރާއްޖޭގެ ތަޢުލީމީ ނިޒާމް ދުޅަހެޔޮވޭތަ!؟

ރާއްޖޭގެ ތަޢުލީމްގައި އެންމެ އިސްދައުރެއް އަދާކުރަނީ، ސަރުކާރުން ހިންގާ ސްކޫލް ތަކެވެ. ޕްރައިވެޓް ސްކޫލްތަކުގައި ވެސް ތަޢުލީމް ނިޒާމް ބިނާވެފައި އޮންނަނީ ތަޢުލީމާއި ބެހޭ މިނިސްޓްރީގެ ނިންމުންތަކަށެވެ. ސިލަބަސްތައްވެސް، ކިޔަވައި ދިނުންވެސް، އަދި އިމްތިޙާން ތައްވެސް ކަނޑައެޅިފައި ވަނީ މިގޮތުގެ މަތީންނެވެ. މިއަދު ބޮޑެތި ސްކޫލްތަކުގެ އެންމެ ބޮޑު އަމާޒަކަށްވަނީ، އިޤްތިޞާދީ ތަނަވަސްކަމެއް ލިބުމެވެ.    

ރާއްޖޭގެ ތަޢުލީމިދާއިރާތަކަކީ، ރާއްޖޭގެ ނިސްބަތުގައި ކިޔަވައިގެން ތިބި ތަޖުރިބާކާރުންގެ ހިންގުން ތެރިކަމުގައި ހިގަމުންދާ ދާއިރާތަކެކެވެ. އަހަރު ފެށިގެން އަންނައިރު އެއިރެއްގައި އެންމެ ރަނަގޅަށް ހިނގާސްކޫލްތަކަށް ވަންނަން އެދޭ ދަރިވަރުންގެ ކިޔޫ ދިގެވެ. ޑިމާންޑް ބޮޑެވެ. ކޮންމެ ކްލާހެއްގައި 40 މިނިޓްގެ ޕީރިއަޑަކަށް ކިޔަވަން 30 ށްވުރެ ގިނަ ކުދިންތިބެތެވެ. ދަރިވަރުންނަށް  ކިޔަވައި ދިނުމަށް  އޮންނަސިލަބަސްތައް އަހަރު ނިމިގެންދާއިރު، ރަނގަޅު ގޮތުގައި ނިންމާލެވޭތޯ، މި ސުއާލުގެ ޖަވާބު އިޚްލާޞްތެރި ކަމާއެކު މުދައްރިސަކުވެސް ދެއްވަފާނެތޯ ސުއާލު ކޮށްލާ ހިތްވެއެވެ. ނުވަތަ ދަރިވަރުންވެސް މިސުއާލުގެ ރަނގަޅު ޖަވާބު ކިޔަވާކުއްޖަކަށް ހުރެދީފާނެތޯ އެވެ. ކްލާހުގެ ކިޔެވުމާއި މެދު، ދަރިވަރުންނާއި ކުރެވޭ ސުއާލު ކަރުދާސްތަކެއް، އެކުދިންގެ އަތްމައްޗަށް ކޮންމެ ޓާމެއްގައިވެސް ފޯރުކޮށްދެވެއެވެ. އެ ފޯމް ވަގުތުން ފުރާލާފައި ޙަވާލުކުރެވުނު ނަމަވެސް، އެ ފޯމްތަކުން، ފެންނަ ނަތީޖާގެ ދިރާސާއެއް ސްކޫލްތަކުން ފެނިދާނެތޯވެސް ސުއާލުކޮށް ލެވިދާނެއެވެ. ނޫންނަމަ ކުދިން ފުރާފައި މިދޭފޯމްތަކުން ފެންނަ ނަތީޖާކަމަށް ބުނެ، ކްލާސްތަކުގެ ކިޔެވުމަށް ސްކޫލްގެ ހިންގުމަށް ގެނެވިފައިވާ ބޮޑުބަދަލެއް ފެނިގެން، އެއްވެސް ސްކޫލް އެއްގައި އެނގެން އޮންނާނެ ތޯއެވެ.  

ސްކޫލްތަކުގެ ކިޔެވުން، ނިމި ފައިނަލް އިމްތިޙާނާ ކައިރިވަމުންދާއިރު، މަޝްހޫރު ބޮޑެތި ސްކޫލަތަކުގައި، ސްކޫލްގެ ނަން  އެންމެ މަތީ ދަރަޖައަށް ގެނައުމުގެ އޮއިވަރެއް ހިނގައެވެ. މި އޮއިވަރުގައި ، ސިލަބަސް އަތުންދޫވެ، "ޕާސްޓް ޕޭޕަރ" ހެދުމުގެ އޮއިވަރަކާ ކުރިމަތިލައެވެ. މިކަމަކީ އޯލެވެލް އޭލެވެލް އިމްތިޙާން އާ ގުޅިފައިވާ ކަމެކެވެ. ނަތީޖާއަކަށް ވަނީ ސްކޫލް އިމްތިޙާންގައި ވިދާލާ "ރަންވަނަ" ތަކެއް ކާމިޔާބު ކުރުމެވެ. އަދި މި ލނަޑު ދަނޑި އަށް ވާޞިލް ވުމަށް ހޮވާލެވޭ ކުދިން ސްކޫލަށް ރީތި ނަން ހޯދައި ދިނުމުގެ ޝަރަފް ލިބި، މިކުދިން އޯލެލް ގެ"އޭ" ލެވެލްގައި ޢިލްމީ ގޮތުން ކާމިޔާބު ލަނޑު ދަނޑި ތަކަކަށް ވާޞިލް ވުމެވެ. މިފަދަ އެތައް ކުދީންނެއް ކޮންމެ އަހަރަކު ފެންނަމުން ދިޔަނަމަވެސް، ސްކޫލް ދައުރަށް ފަހު އެއިން ކުއްޖެއްގެ ނަން، ދިރިއުޅުމުގެ މަސައްކަތުގެ މާހައުލަކުން، ވަޒީފާއަކުން، ނުފެންނަނީ ކީއްވެތޯ ސުއާލު އުފެދެއެވެ.  

ފަސް އަހަރަކުން ވެރިކަމަށް އަންނަ ކޮންމެ ދައުރެއްގެ "މާމުއި" ގެ ދުވަސްތަކުގައި ތަޢުލީމީ ނިޒާމަށް އިސްލާމީ ތަޢުލީމްގެތެރެއިން ގެންނާނެ ރަނަގަޅު ބަދަލުތަކެއްގެ ވާހަކަ ދައްކައެވެ. " ފުއްޕާހަމަކުން "ވައި" ދޫކޮށްލެވޭ އުޞޫލުން "ތޫލި އަޑަ" ކަށް ފަހު، އެކަން ހިނގައިދާނެ އެވެ. "ތަޢުލީމީ ނިޒާމް" އޮންނަނީ "ޖެހިވަޅު" ގައެވެ. ރައްޔިތުންގެ ޝަކުވާ ތަކަކަށްވެސް ބަދަލެއްނާދެއެވެ. 

" ޔޫރިމޫން" ގެ ފުން ނަޒަރުން ވިސްނާލާއިރު، ރާއްޖެ މިދެކޭ ޖުމްހޫރިއްޔަތުގެ ދައުރުތަކަކީ، " މޫސުމީ ދޮންދޫނި" ފަދައިން އަންނަ ޖުމްހޫރިޔަތުތަކެކެވެ. މި ޖުމްހޫރިއްޔާތަކުގައި  ރާއްޖޭގެ ތަޢުލީމް އެބޭފުޅުންނަކަށް މުހިއްމެއް ނުވެއެވެ. އެބޭފުޅުންގެ އެއްވެސް ދަރިފުޅަކު ރައްޖޭގެ މި ސްކޫލަތަކުގައި ނުކިޔަވާނެއެވެ. އަދި އެބޭފުޅުންނަކީވެސް މިޤައުމުގައި ރަށްވެހީންގެ ގޮތުގައި ތިއްބަވާނެ ބޭފުޅަކަށް ވެސް ނުވާނެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ސަރުކާރު ހިންގަން ޖެހި ވަޑައިގެންފައިވާތީ، އެބޭފުޅުން ޤައުމު ހިންގަން އެކުލަވާލާ އެޖެންޑާގައި އެއް އަރި މަތީގައި ތަޢުލީމް ކުރި އެރުވުން ޖަހާލަން އެބަ ޖެހެއެވެ.  

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *