ބުޅަލުގެ މަސް ކެއުން ޙަރާމްވާނެ – ޝެއިޚް ސަމީރު

ބުޅަލުގެ މަސް ކެއުމާއި ގަނެވިއްކުން ޙަރާމްވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝެއިހް ސަމީރު މީސް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށެވެ. އަދި ބުޅަލުގެ މަަސް ކެެއުމާއި ގަނެ ވިއްކުން ހަރާމް ވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"އެހެނީ ޝިކާރަކޮށް އުޅޭ ފޭރާދަތް ހުންނަ ކޮންމެ ޖަނަވާރެއްގެ މަސްކެއުން ހަރާން ކަމެއް ކަމުގައި ޙަދީޘް ބަސްފުޅުގައި ވާތީ، ނަމަވެސް ނޭނގި ކެއުމަކުން ފާފަވެރިއެއް ނުވާނެ،". އޭނާ ވިދާޅުވެފައި ވެއެވެ.

ބުޅާ މަސް ކެއުމުގެ ހުކުމާ ބެހޭގޮތުން ޝެއިހް ސަމީރު ޕޯސްޓެއް ކުރައްވާފައި މިވަނީ މާލޭގައި ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ވިއްކި ކަމަށް ބެލެވޭ ބިދޭސީއެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މާލޭގައި ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކި ކަމަށް ބުނާ ބަންގްލަދޭޝް މީހެއްގެ މައްސަލަ މިހާރު ވަނީ ފުލުހުން ވެސް ބަލަން ފަށާފައެވެ.

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ބުނާ މީހާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ހަލުވި ކަމާއި އެކީ ދައުރުވަމުން އަންނައިރު، އެ ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް ކަމަށެވެ. ވީޑިއޯގައި ބުނި ގޮތުން އޭނާ އަކީ ބާގާ އާއި ސަބްމެރީން ފަދަ ކާބޯތަކެތި ހަދައިގެން ވިއްކަމުން އަންނަ މީހެކެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *