ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން ހުސެއިން ޝަމީމް ވަކިކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ ޖަލްސާގައި ބޭއްވުނު ވޯޓުގައި ޝަމީމް ވަކިކުރުމަށް ފެންނަ ކަމަށް 65 މެންބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މައްސަލަ ޖުޑީޝަރީ ކޮމިޓީގައި ދިރާސާކުރުމަށްފަހު، ޝަމީމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، ކޮމިޓީން ވަނީ އޭނާ މަޤާމުން ވަކިކުރުމަށް ނިންމާފައެވެ.

މަޖިލީހުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި މައްސަލައާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންނަމަވެސް، މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ބުނީ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ގެ މަގާމުން ޝަމީމް ވަކިކުރުމަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމާއި، މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުމާއި، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުންވެސް ޝަމީމް ވަކިކުރަން ހުށައެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުމާއި، އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުމާއި، ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުމުގެ އިތުރުން ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުވެސް ޝަމީމް ވަކިކުރަން ހުށައެޅި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *