ވަޒީފާއިން މުސްކުޅި ކުރެވޭ ޢުމުރަކީ ނަފްސާނީ ބައްޔެއް!؟

ސިވިލްސަރވިސްގެ ވަޒީފާ ތަކަކީ، ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ޕެންޝަނަށް ދަތުރުކުރާ ވަޒީފާތަކެވެ. ޢުމުރުން 65 ން ނުވަތަ 50ށްވުރެ މަތިވެގެންނެވެ.

50 ގެ ޢުމުރަކީ ރާއްޖޭގެ މިއަދުގެ ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު، ދުޅަހެޔޮ މަސައްކަތްތެރިންގެ ޢުމުރެކެވެ. ތަޖުރިބާގެ އަލީގައި،

އެމީހެއްގެ މަސައްކަތުގައި ޕްރޮފެޝަނަލް މަސައްކަތްތެރި އެއްގެ ގޮތުގައި ހިންދެމިލެވޭނެ ޢުމުރެވެ. އަދި ކީއްހެއްޔެވެ. 65 ގެ ޢުމުރަކީވެސް، ރާއްޖޭގެ ޢާންމު ދިރިއުޅުމުގެ ޙާލަތުގައި މަސައްކަތުން މީހުން އެކަހެރިވަން ޖެހޭ އުމުރެއް ނޫނެވެ. އެހެންނަމަވެސް، 50 ށްވުރެ މަތިވުމުން، ސިވިލްސަރވިސްގެ ތެރެއިން ލިބޭނެ ވަޒީފާއެއް ނެތެވެ. ޕްރައިވެޓް ދާއިރާތަކުންވެސް ވަޒީފާއެއް ލިބޭނީ މެރިޓް އުޞޫލުގެ ތެރެއިންނަކުން ނޫނެވެ. އެ ޕްރައިވެޓް ފަރާތަކާ، އެމީހަކާދޭތެރޭގައި އުފެދިފައި އޮންނަ ޒަމާންވީ އެކުވެރި ގުޅުމެއްގެ ތެރެއިންނެވެ. މިލިބޭ ވަޒީފާދޭނީކީވެސް، އޭނާގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ވިސްނައިގެނެއްނޫނެވެ. އެކުވެރި ގުޅުމުގެތެރެއިން ވަޒީފާއެއް ދިނުމުގެ ގޮތުންނެވެ. އެހެންގޮތަކަށް ބުނާނަމަ "ވެލްފެއާރ" ވަޒީފާއެކެވެ.

ސަބަބކީ، ދިވެހީންގެ ވަޒީފާގެ މުޅި ބާޒާރުގައި، ޢުމުރު 50 ށް ވުރެ މަތިވެއްޖެނަމަ، އެމީހަކީޤާބިލް މަސައްކަތްތެރި އެއްގެ ގޮތުގައި ނުދެކޭ ނުދެކުމެވެ. މިނިންމުމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ވަޒީފާގެ ފުރުޞަތު ތަކުގެ ތެރެއަށް ކޮންގޮތަކުން ވަދެގެން އުޅޭ ނިންމުމެއްކަމެއް އެނގޭ މީހަކު ހުންނާނެހެނެއް ހިއެއްނުވެއެވެ.

އަޅުގަނޑުގެ ވިސްނުމުގައި ރާއްޖޭގެ މާޙައުލަށް ނުފެތޭ މިނިންމުން އައިސްގެންއުޅެނީ، ކޮންމެވެސް ޤައުމެއްގެ ވަޒީފާގެ ފުރުޞަތުތަކުގެ މައްޗަށް ބުރަވެގެންނެވެ. ރާއްޖޭގެ ގިނަ ޤާނޫނު ތަކާއި ޤަވާޢިދު ތަކަކީ، އެއިރެއްގައި މަސްއޫލިއްޔަތު އުފުލަންތިބޭ ބަޔަކު، "ޤައުމީ ހެދުމެއް" މިންނަގައިގެން ފެހުމުގެ ބަދަލުގައި ބޭރު ޤައުމަކުން "ރެޑީމޭޑް ހެދުމެއް" ގަނެ ގަޔަށް ހެޔޮވަރުކަމަށް ބަލާ ހިތްހަމަޖައްސާލާ އުޞޫލުން ހަދާ ޤާނޫނާއި ޤަވާޢިދު ތަކެވެ.

ވަޒީފާއިން މުސްކުޅި ކުރެވޭ މިޢުމުރު، މިއަދު ނަފްސާނީ ބައްޔަކަށް ވެސް ވެފައިވާކަމަށް ފެނެއެވެ. ފިރިހެނުންނަށް ބަލާލިއަސް ގިނަ މީހުންތިބެނީ 50 ނުފުރިގެންނެވެ. އަވަހަށް ވަޒީފާއިން އަތްދޮވެލާ، ހުދު ހެދުމަކާ ހުދުމުންޑެއް އަނދެގެން ބޮލުގައި ތާކިހަލެއް އަޅައިގެން، މާމަކާފަ ދަރިންނާއި އެކު ދިރިއުޅުމަށް ތައްޔާރުވެގެންނެވެ. އެހެންވާނެ ނޫންތޯއެވެ. ސަރުކާރުން ރަސްމީކޮށް ދިވެހީން މުސްކުޅި ކުރާ ޢުމުރަށްވާތީއެވެ.

މިކަމުންރާއްޖެ އަށް ލިބެނީ ކޮންކަހަލަ ގެއްލުމެއް ބާވައެވެ. ވިސްނުމުގެ ނަޒަރެއް ކޮންމްވެސް ވަރަކަށް ހިންގާލަމަާ ހިންގަވާށެވެ.

1-އަލަށް އުފެދިބޮޑުވާ ޒުވާނުންނަށް، އެމީހުންނާއި އެކު ވަޒީފާތަކުގައި ތިއްބަވާ ދުވަސްވީ ޢުމުރުގެ މީހުންކުރައްވާ މަސައްކަތާ ދައްކަވާ ވާހަކަތައް ބަލައިގަންނަން ދަތިވެއެވެ. މިކަމުގެ ސަބަބުން އެތަނަކަށް ގެއްލިގެންދަނީ، ތަޖުރިބާކާރެއްގެ މަސައްކަތާއި ވިސްނުމާއި ފިކުރެވެ.

2- ވަޒީފާގެ މާޙައުލުގައި ޒުވާނުންނާއި ދުވަސްވީ މީހުންގެ ގެމެދުގައި އޮންނަންޖެހޭ ގުޅުން ގެއްލިގެން ދެއެވެ. މިކަން އޮފީސްތަކުން ތަޖުރިބާއިން ފެންނަމުން ދާނެއެވެ. މިއީވެސް އޮފީހުގެ މަސައްކަތްތައް ކުރިއެރުވުމުގައި އޮތް ހުރަހެކެވެ.

3- ވަޒީފާގެ މާހައުލަކީ ދައްތަ، ބޭބެ، ކޮއްކޮ ތިބެންޖެހޭ މާޙައުލެއްނޫނެވެ. އެހެންނަމަވެސް، މިއަދު އޮފީސްތަކުގައި ޒުވާނުންގެ ފަރާތުން އެމީހުންގެ ދޮށީ މީހުންނަށް އިވޭނީ ދައްތަ، ބޭބެ ގެ ނަމުންނެވެ. މިކަމަކީ ދެފަރާތަށްވެސް ނަފުސާނީ ގޮތުން، ބަލިމަޑުކަމެއް މެދުވެރިކުރުވާ އަދި މުވައްޒަފުންގެ ވަޒީފާގެ ޝަޚްޞިއްޔަތު ގެއްލިގެންދާ ކަމެކެވެ

ނަތީޖާޢަކީ، ދެފަރާތަށްވެސް ވަޒީފާގެ ހައިބަތާއި ޤަދަރު، އަދި ދުވަސްވީ މުވައްޒަފުގެ މަސައްކަތް، ނުވަތަ އޭނާދެއްވާ ލަފާ، ޒުވާން މުވައްޒަފަށް ބަލައިނުގަނެވުމެވެ. ދެންނުކުންނަނަ ނަތީޖާވެސް އަޅުގަނޑުމެންގެ ކަންފަތްތަކުގައި އެބަ ގުގުމައެވެ. ޒުވާނުން ގެ ފޭކް ސެޓްފިކެޓްތަކުގެ ވާހަކަ އެވެ. މޮޅުފާސް އޮތްނަމަވެސް، ކަމެއްކުރަން ނޭނގުމުގެ ވާހަކަ އެވެ. މަސައްކަތުގެ ދެކޮޅު ނުޖެހުމުގެ ވާހަކައެވެ. ޒަމާނުއްސުރެ ތަރުތީބުކޮށް ރޭވިގެން ބެހެއްޓިފައިވާ ފައިލްތަކާއި ލިއުންތައް ހިލާލާވާހަކަ އެވެ. މިކަހަލަ އެތައް ވާހަކަ ތަކެވެ.

4- ދިވެހިންގެ ޢުމުރު 50 ން ނިންމާލުމުން ވަޒީފާތަކަށް، އޮފީސްތަކަށް، މުޅި މުޖްތަމަޢަށް، އަދި ދައުލަތުގެ ބަޖެޓަށް ލިބޭ ގެއްލުން ކިރާލާނެ މިންގަޑެއް އަޅުގަނޑުމެންގެ ވަޒީފާތަކަކު ނެތެވެ. ދެވަނަ ވިސްނުމަކަށް ދަމާހިންގަވާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *