ބީއެމްއެލްއިން ޗެއާޕާސަން އައްޔަންކޮށް، ބޯޑު އެކުލަވައިލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑު މިއަދު އެކުލަވައިލައި ޗެއާޕާސަން އައްޔަންކޮށްފިއެވެ

މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައި ވަނީ ތިން ބޭފުޅަކު ބޯޑުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކޮށްފައެވެ. އެއީ:

  • ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
  • ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު
  • ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން

އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި ވަނީ ހަބީބު ޗެއާޕާސަންއަކަށް އައްޔަންކޮށްފައެވެ.

މިސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  • ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު
  • 2. ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު
  • ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާ
  • މ. އެމޭޒަން، ޑރ. މަރްޔަމް ސުޒީ އާދަމް
  • ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން
  • ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ:

  • ހއ. ފިއްލަދޫ، ކަރަންކާ ވިލާ، އަބްދުالله ނަސީމް

  • މ. ގަސީމް، މޫސާ ރަޝީދު

  • ދާޝީން، ނަޖީމް އިބްރާހީމް ޒަކަރިއްޔާ

  • ބީއެމްއެލްގެ ބޯޑުގައި ތިއްބެވި ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 27 ގައެވެ. އަދި މި މަހުގެ ނުވަވަނަ ދުވަހު ބޭންކްގެ މެނޭޖިން ޑިރެކްޓަރު / ސީއީއޯ ކާލް ސްޓުމްކަ އާއި އިއްޔެ ނަން-އެގްޒެކެޓިވް ޑިރެކްޓަރު އައިޝަތު ސަޖުނީ ވަނީ އިސްތިއުފާދެއްވައިފައެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *