ޔޫރަޕްގެ ޗެމްޕިއަން ވޯލްޑް ކަޕުން ނުފެންނާނެ.

ވޯލްޑް ކަޕް – ޔޫރަޕުގެ ޗެމްޕިއަން އިޓަލީ އާއި ނޯތު މެސެޑޯނިއާ ކުޅުނު ޕްލޭއޮފް މެޗުން އެކެއް – ސުމަކުން ބަލިވެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. އިޓަލީ ޓީމުން މުޅި މެޗު ކޮންޓްރޯލު ކޮށް ކުޅުނު މެޗުގައި 34 ޝޮޓު ފޮނުވާލި ނަމަވެސް ގޯލަށް އަމާޒު ކުރެވިފައި ވަނީ 5 ޝޮޓެވެ. މިއާ ޚިލާފަށް މެސެޑޯނިއާ އިން 4 ޝޮޓުން 2 ޝޮޓު ގޯލަށް އަމާޒު ކުރި އިރު 92 ވަނަ މިނެޓުގައި ގޯލު ކާމިޔާބުކޮށް ވަނީ ކޮލިފައިންގެ ފަހު ބުރުގައި ޕޯޗުގަލް އާއި ބައްދަލުކުރަން ފުރުސަތު ހޯދާފައެވެ.

މިއީ ޔޫރަޕްގެ ޗެމްޕިއަން ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައި ނުވި 4 ވަނަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕަށް ކޮލިފައި ނުވެ ކަޓާފައިވާ ޔޫރަޕުގެ ޗެމްޕިއަން ޓިމް ތަކަކީ، 1978 ވަނަ އަހަރު ޗެކްސްލޮވޭކޮއާ، 1994 ވަނަ އަހަރު ޑެންމާރކް، 2006 ވަނަ އަހަރު ގްރީސް އަދި މި އަހަރު އިޓަލީއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *