އަންނަ އަހަރުގެ ޖޫންމަން ފެށިގެން ޓީޖީއެސްޓީ %17 އަށް ބޮޑު ކުރަނީ

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް، ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތަކަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. މި ބަދަލުތަކުގެ ތެރޭގައި:

1. ޓީޖީއެސްޓީ އިތުރުކުރުން: 2025 ޖޫން މަހުން ފެށިގެން މިހާރުގެ %16 އިން %17 އަށް ބޮޑުކުރުން. މިއިން އަހަރަކު 200 މިލިއަން ޑޮލަރު އިތުރުވާނެކަމަށް ލަފާކުރެވޭ.

2. ގްރީން ޓެކްސް 50% އަށް އިތުރުކުރުން:
– ގެސްޓްހައުސްތަކުން: 3 ޑޮލަރުން 6 ޑޮލަރަށް
– ރިސޯޓުތަކުން: 6 ޑޮލަރުން 12 ޑޮލަރަށް
– 2 އަހަރުން ދަށުގެ ކުދިންނަށް މި ޓެކްސް ނުހިނގުން
– މި ބަދަލު 2025 ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރުން

މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖު އަދި ސިއްހަތަށް ގެއްލުންހުރި ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމާއެކު، ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާކުރުމަށްވެސް ރޭވިފައިވެއެވެ. މި ބަދަލުތަކަކީ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ރާވާފައިވާ ފަސް ކަމުގެ ތެރެއިން ބައެކެވެ.

އޭގެ ތެރޭގައި؛

1. އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް މުރާޖައާ ކުރުން.

2. ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން.

3. ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުން.

4. ގްރީން ޓެކްސްގެ ރޭޓްތައް މުރާޖައާ ކުރުން.

5. އިގްތިސާދަށް ތަފާތު ހަރަކާތްތައް އިތުރު ކުރުން.

ސަރުކާރުން ވަނީ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖާއި ގްރީން ޓެކްސް ވެސް ބޮޑު ކުރުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ.

މި ތިން ބިލުގެ މަސައްކަތް ވެސް މާދަމާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *