ސްރިލަންކާ ކޮމިއުނިޓީއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާ ރައްޔިތުންނަށް ހާއްސަކޮށްގެން ދީނީ ފޯރަމްއެއް ބާއްވައިފިއެވެ.
މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ފޯރަމްގައި ދަރުސް ނަންގަވައިދެއްވީ ސްރީލަންކާގެ މަޝްހޫރު ދާޢީއެއްކަމަށްވާ ޝައިޚް އަކްރަމް ނޫރަމިތުއެވެ. މި ފޯރަމްގައި ސްރީލަންކާގެ ގިނަ ރައްޔިތުންތަކެއް ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ދިރިއުޅޭ އެކި ޤައުމުތަކުގެ މުސްލިމުންނަށް އަމާޒުކޮށްގެން ވުޒާރާއިން އަންނަނީ ދީނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ބަންގްލަދޭޝް ރައްޔިތުންނަށް ހާއްސަކޮށްގެން ދީނީ ދަރުސްތައް ކޮންމެ ހަފްތާއަކުވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ،
