އެ ބޭންކުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 1،200 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ނިންމުން ނިންމި ނަމަވެސް މިހާރުވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތައް އުޅޭ ކަމަށެވެ. އެހެންނަމަވެސް މި ނިންމުން ނިންމާފައި ވަނީ ބޭރުގައި ކިޔަވާ ދަރިވަރުންގެ މާލީ ބޭނުންތަކަށް އިސްކަންދީ އެކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެށް ބުނެފައިވެއެވެ.
އަދި ކާޑު ލިމިޓްބޮޑުވާނީ ބީއެމްއެލްގެ ޕޯޓަލްގައި ދަރިވަރުން ރަޖިސްޓްރީވެ ލިޔެކިޔުންތައް ހުށަހެޅުމުން ކަމަށް ވެސް ބީއެލްއެލްއިން ބުނެފައި ވެއެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 1200 ޑޮލަރަށް އިތުރުކޮށްފައެވެ.
ބޭންކުން ވަނީ، ކުރިއަށްހުރި ދުވަސްތަކުގައި ޑޮލަރުގެ ހާލަތަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އިތުރު ބަދަލުތައް ގެންނަ ނަމަ އެ ކަންކަން ހާމަކުރާނެކަމަށް ވެސް ބުނެފައެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ކުރިން އޮތީ 750 ޑޮލަރާ ހަމައިގައެވެ. މި ބަދަލަކީ ފެބްރުއަރީ އެކަކުން ފެށިގެން ގެންނާނެ ކަމަށް ސަރުކާރުންމިދިޔަ ޑިސެމްބަރު މަހުގެ 25ގައި ހާމަކުރި ބަދަލެކެވެ. ނަަމަވެސް ފަހުން އެކަން ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.
