ގުދުރަތީ މާއްދާތަކުން މޫނަށް ފަރުވާކުރުން

ލުނބޯޔާއި މާމުއި އެއްކުރުމުން ހަންގަޑުމަޑުކޮށް ސާފުކޮށް ބަހައްޓަން އެހީތެރިވެދެއެވެ.  ލުނބޮޔާއި މާމުއި އަކީ ބާޒާރުން ފަސޭހައިން ލިބެންހުރި ތަކެތީގެ އިތުރުން މި ފޭޝިއަލް ތައްޔާރު ކޮށްލުމަށްވެސް މާގިނައިރެއް ނުނަގާނެ ފަސޭހަ ފޭޝިއަލް މާސްކެކެވެ.

ބޭނުންވާ ތަކެތި

1 ސަމްސާ މާމުއި

1 ސަމުސާ ލުނބޯހުތް.

1 ސަމުސާ ފެން

ތައްޔާރު ކުރާނެގޮތް

ބޯތައްޓެއްގެ ތެރެއަށް ފެނާއި ލުނބޯހުތް އަޅާށެވެ. އޭގެ ތެރެއަށް މާމުއިކޮޅު އަޅާ ރަނގަޅަށް އެއްކުރާށެވެ. އެއްކުރި ޕޭސްޓް މޫނުގައި އުނގުޅާފައި ވިހިމިނެޓާއި ފަންސަވީސް މިނިޓް ވަންދެން ބަހައްޓާށެވެ. ދެން ތާފަނާ ފެނުން މޫނު ދޮންނާށެވެ. ހަފްތާއަކު ދެފަހަރު ނުވަތަ 3 ފަހަރު މި މާސްކް ތަކުރާރު ކުރާށެވެ.

ކެލާ އަދި ލުނބޯ މާސްކް

އިރުގެ ހޫނުގެ ސަބަބުން މޫނުގެ ހަންގަނޑު އެނދުމާއި މޫނު ހަލާކުވުމުގެ ކަންކަމަށް ފަރުވާއެއްގެ ގޮތުގައި ރީންދޫ އަކީ މަޝްހޫރު ބޭހެކެވެ. މޫނުގައި ހުންނަ ލަށްތައް ފިލުވާލުމަށާއި އޮށާޅައިން ސަލާމަތް ކޮށްދިނުމަށްވެސް ރީންދޫ އަކީ ފަރުވާއެކެވެ. ގޭގައި ތައްޔާރުކޮށްލެވޭނެ މި ފަސޭހަ ފޭސް މާސްކުން މީހާގެ މޫނަށް ތަފާތު ދައްކައިދޭނެއެވެ.

ބޭނުންވާ ތަކެތި

½  ސަމުސާ ރީނދޫ ޕައުޑަރ

ލުބޯ ފަޅިއެއްގެ ހުތް

ސަމުސާ ފެން ނުވަތަ ރޯސް ވޯޓަރ

1 ސަމުސާ މާމުތް

ތައްޔާރު ކުރާނެގޮތް

ބޯތައްޓެއްގެ ތެރެއަށް ރޯސްވޯޓަރ ނުވަތަ ފެނާއި ލުނބޯހުތް އަޅާށެވެ. އޭގެ ތެރެއަށް މާމުއިކޮޅާއި ރީނދޫ ޕައުޑަރ އަޅާ ރަނގަޅަށް އެއްކުރާށެވެ. އެއްކުރި ޕޭސްޓް މޫނާއި ކަރުގައި އުނގުޅާފައި ވިހިމިނެޓާއި ފަންސަވީސް މިނިޓް ވަންދެން ބަހައްޓާށެވެ. ދެން ތާފަނާ ފެނުން މޫނު ދޮންނާށެވެ. ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު މި މާސްކް ތަކުރާރު ކުރާށް ބޭނުން ކުރާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *