ޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 އަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ނިންމަވައިފިއެވެ.
މިއަދު ބޭއްވި ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި، އެ ކޮމެޓީ މުޤައްރިރު އަދި ނައިބު މުޤައްރިރު ވަނީ ހޮވާފައެވެ. އެގޮތުން ބަޖެޓު ކޮމެޓީ މުޤައްރިރަކަށް ކޮމެޓީގެ އިއްތިފާޤުން ހޮވާފައިވަނީ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެވެސް މުޤައްރިރުކަން ކުރެއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ. މި ކޮމެޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވާފައިވަނީ އޭދަފުށީ ދައިރާގެ މެންބަރު އަހުމަދު ސަލީމްއެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި، މިއަދު މެންބަރުން ވަނީ މި މަސައްކަތް ނިންމާނެ ދުވަހެއް ކަނޑައަޅާފައެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް މި މަސައްކަތް ނިންމުމަށް ވަނީ ކޮމެޓީގެ އިއްތިފާޤުން ފާސްކޮށްފައެވެ. އަދި ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލްގެ ޚުލާސާ ބަޔާނެއް ހޯދުމަށް ވަނީ ހުށަހަޅަފައިވެއެވެ.
މީގެއިތުރުން، މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭ ތަފްސީލާއި، ވަކިވަކި އޮފީސްތަކާ ގުޅޭ ބަޖެޓުގެ ތަފްސީލު ހޯދުމަށް އެ އިދާރާތަކުގައި އެދުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
