ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ... މިދުވަހުގެ ޙަރަކާތްތަކުން ފެންނަނީ އެކަމަކާގުޅޭ ބައެއްގެ މަޝްހޫރުކަން ދެއްކުމެވެ.

ސިޔާސީ ޕާޓީ ތަކުން "ޤައުމިއްޔަތުގެ ދިރުން"

 ޤައުމިއްޔަތުގެ ދިރުން ޤައުމަކަށް އަންނަނީ، ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް މެދުވެރިވާ ކަންތައް ތަކެއްގެ ތެރެއިންނެވެ. ރަނގަޅު ކަންތައްތަކަކަށް ނިސްބަތްވެގެންނެވެ. އަދި ބައެއްފަހަރަށް ހިތާމަވެރި، އަނިޔާވެރި، ޙާލަތްތަކަށް ވެސް ވެގެންނެވެ. ކޮންމެ ޙާލަތެއްގައިވެސް "ޤައުމިއްޔަތުގެ ދިރުން" ޤައުމުގައި ދިރުވަން ޖެހެއެވެ.  

މި ގޮތުން ރާއްޖޭގައި ވެސް ދިރުވޭ ދުވަސްތަކެއް އެބަ އާދެ އެވެ. މިސާލަކަށް " ޤައުމީ ދުވަސް، "ޖުމްހޫރީ ދުވަސް " "ރާއްޖެ އިސްލާމްވިދުވަސް، އަދި އެންމެފަހުން ނޮވެމްބަރ 3 ގައި މިފެނިގެން ދިޔައީ "ނަޞްރުގެ" ދުވަހެވެ. މީގެ އިތުރުން ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރެވޭ ދުވަސްތަކެއްވެސް އެބައާދެއެވެ.  

ޢާންމު ގޮތެއްގައި މިފަދަ ދުވަސްތައް ފާހަގަ ކުރުން މި އޮަންނަނީ އެއިރަކު އޮންނަ ސަރުކާރެއްގެ އަތްމަތީގައި އޮންނަ ކަމަކަށް ވެފައެވެ. ނަތީޖާއަކީ ހުރިހާ ސަރުކާރުތަކުން ދުވަސްތަކަށް އެއްވަރެއްގެ ދަރަޖަ ތަކެއް ނުދެވޭ ކަމެވެ. ދެވަނަ ކަމަކީ، ކޮންމެ  ދުވަހެއް ފާހަގަ ކުރުމުގައި ވެސް، ޢާންމު ގޮތެއްގައި މި އޮންނަނީ ޖަލްސާއެއް ބޭއްވުމެވެ. ދެން  އެދުވަހަކާ އެންމެ ގުޅޭކަމަށް ފެންނަ ދާއިރާއެއްގެ އިސް ވާހަކަ ކޮޅެއް އިއްވުމެވެ. އިތުރަށް މިފަހަކަށް އައިސް ދެން ފެންނަ ކަމަކީ، ޤައުމިއްޔަތުގެ ނަމަުގައި، އަޅާހެދުންތަކެކެވެ. މި އުޞޫލުތަކަކީ މިގޮތަށް ބައްޓަންވެ، ޘަޤާފަތަކަށް ބަދަލުވެފައިވާ ކަންތައްތައްފަދައެވެ. ނަތީޖާއަކީ، ޤައުމުދިރުވާންޖެހޭ ދުވަސްތަކުގެ އަގު، ރައްޔިތުންގެ ކުރިމަތީގައި ނެތި ދިއުމެވެ.  

މިސާލަކަށް: އެކުވެރިޔަކު  އޭނާގެ އެކުވެރިއެއްގެ ގާތުގައި ބުނެލަފާނެއެވެ. މާދަމާ މިއޮތީ "މިނިވަން" ދުވަހެވެ. އެކުވެރިޔާ ފަރުވާކުޑަގޮތަކަށް ޖަވާބު ދޭނެއެވެ. "އެހެން ހެއްޔެވެ" ނޭނގެއެވެ. އަނެއްކާ ސުއާލެއް ކޮށްލަފާނެއެވެ. " ޤައުމީ ދުވަހާއި ޖުމްހޫރީ ދުވަހާ މިއީ އެއްދުވަހެއް ހެއްޔެވެ." މިއީ ދިވެހި ރައްޔިތުންނަށް ދިވެހީންގެ ޤައުމިއްޔަތުގެ ކަންތައްތައް އެނގޭ މިންވަރެވެ. މިހާރު މާދަރީ  ބަހުގެ ދުވަހެއް އާދެއެވެ. އެއީ ކުޑފިރިހެން ކުއްޖާވެސް ހުދުމުންޑެއް އަނދެފާ، ބޮލުގައި ހުދު ފޮށައެއް އޮޅާފައި ހުދަގަމީހެއްލާ ދުވަހެވެ. އަންހެން ކުއްޖާ ކަޅު ފޮށައެއް އަނދެފާ، ކަރުކެނޑި ފެހި ރަތްހެދުމެއްގައި ބޮލުގެ އެއްފަޅިއަށް ހުޅިޖަހާފައި ސްކޫލަށް ދާ ދުވަހެވެ. ދެން މިދުވަހުގެ ޙަރަކާތްތަކުން ފެންނާނީ އެކަމަކާގުޅޭ ބައެއްގެ މަޝްހޫރުކަން ދެއްކުމެވެ.  

މި އުޞޫލުތައް ބަދަލު ވާން ވެއްޖެއެވެ. ދިރުވޭ ކޮންމެ ޤައުމިއްޔަތެއްގައިވެސް، އެ ޤައުމިއްޔަތެއްގެ ދިރުން ، ގެންނަން ޖެހުނު ސަބަބު ތައް، އެއިިރެއްގެ ދަރީންނަށް އެނގޭން ލަނޑު ދަނޑިތަކަކަށް ވާޞީލް ވާން އެބަ ޖެހެއެވެ. " އަމާބުނާތީ ފަރަށްދާ" ނިޒާމު ދޫކޮށް، އެދުވަހެއްގެ ނިސްބަތްވުން މުޅި ޤައުމުގައި އާލާވާނެ ގޮތްތަކެއް ރާވަން އެބަޖެހެއެވެ. އެއް އަހަރުން އަނެއް އަހަރަށް ދިރުވޭ ޤައުމިއްޔަތުގެ ހަނދާންތައް ދިވެހީންގެ ހިތްތަކުގައި ބިންވަޅު ނެގި ކޮންމެއަހަަރަކުވެސް ޙަރަކާތްތައްތަފާތެވެ، މުޅި ޤައުމަށް ޤައުމިއްޔަތު ދިރުވުމުގެ ފުރުޞަތު އޮންނަން އެބަޖެހެއެވެ. ހަމައެކަނި ޤައުމިއްޔަތު ދިރުވުމަކީ، ސަރުކާރުން ކުރާކަމެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުވެ، ސިޔާސީ ޕާރޓީ ތަކުންވެސް، ޤައުމިއްޔަތާއި ޤައުމިއްޔަތުގެ ދުވަސްތައް ދިރުވާ އާލާކުރުމަކީ ކުރަންވެއްޖެ ކަމެކެވެ.  

ޤައުމިއްޔަތާއި ޤައުމިއްޔަތުގެ ދުވަސްތައް ދިރުވާ އާލާ ކުރުމަކީ، މުޅި ޤައުމުގެ ކަމަކަށް ހައްދަވަމާ ހިންގަވާށެވެ.  މި ދުަވަސްތައް ގެނެސް ދިނުމާއި ދުވަހަށް މީހުންގެޝައުޤުވެރިކަން އުފެއްދުމަށް މީޑިއާގެ ދައުރު ފުޅާކުރަން ޖެހެއެވެ. ޤައުމިއްޔަތަކީ ދިރުމެވެ. މުޅި ޤައުމުގެ ދިރުމެވެ. ޤައުމިއްޔަތަކީ ޤައުމުގެ އެންމެން ކަމުގައި ދެކެމާތޯ އެވެ.   

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *