ވިސްނާލާއިރު ރާއްޖޭގައި ކައިވެނި ތައް ރޫޅިދާ އިތުރު ދެސަބަބެއް " ޔޫރިމޫންގެ ޤަލަމުން" އިތުރު ކޮށްލަން އެބަ ބޭނުން ވެއެވެ. މިދެކަމަކީ، ދިރާސާއެއް ގެމައްޗަށް ބިނާވެފައި ނުވިނަމަވެސް، ބުނުމުން ފާހަގަ ކޮށްލެވިދާނެ ދެކަމެވެ.
އެއްކަމަކީ، ރާއްޖޭގެ މާހައުލެވެ. އެކަކު އަނެކަކު، ދެކެފަރިތަ ވުން ބޮޑުވުމެވެ. މިކަން ވަރިތައް ރޫޅިދާ ސަބަކަށްވަނީ، މިދެކެފަރިތަކަމަުގެ ނާޖާއިޒު ފައިދާ އެއްބަޔަކަު ޤަސްދުގައި ނެގުމެވެ. ޝައްކާއި ވަހުމުގެ ތެރޭގައި ދޮގު ވާހަކަ ތައް ހަދާލުމެވެ. އެކަންކަން ދެމަފިރިންގެ މަޞްލަހަތުގެ ތެރެއަށް ހެޔޮ އެދުމުގެ ނަމުގައި ނަމަވެސް، ކޮންމެވެސް ނަމެއްގައި ވައްދާ ލުމެވެ.
މިހިސާބުން މިކަންހިގަން ފަށައެވެ. ފުރަތަމަ ސިއްރިޔާތުގައެވެ. އެހެން ނަމަވެސް ދެމަފިރިންގެ ނިދުންގެއްލި ރޭގަނޑު ހުސްވެދަނީ މިކަމުގައެވެ. މިވާހަކަ ިހފައިގެން ހިނގިމީހާ، މިކަމުގެ ވާނުވާ ބަލަމުން ދެއެވެ. ހެދުނު ހެދުނާ ދެމަފިރިންގެ ތެރެއިން އޭނާއަށް އަތުއަޅުވާލެވިފައި ހުރި ފަރާތަކާ ބައްދަލު ކުރާނެއެވެ. ޚަބަރުދަބަރު ބަލާނެއެވެ. އައު ވާހަކަ ތައް އުފައްދާ ރާވާނެއެވެ.
މި ޙާލެއްގައި އުޅެ ދެމަފިރިންގެ މައްސަލަ ބޮޑުވެ، ވަރިފަށްށްއަރާ ވަރިވަންދެން ހެޔޮއެދުމުގެނަމުގައި، ބޯވައެއް ވަކި ހިއްޕާލާފަދައިން ވަކި ހިއްޕާލާނެއެވެ.
މިކަމުގައި ގިނަފަހަރަށް އިސްދައުރެއް އަދާކުަރަނީ ، އަވަށްޓެރިން، އެކުވެރިން ، އެކުގައި މަސައްކަތް ކުރާ އަންހެނުން ގެ މެދުގައެވެ. މިފަހަކަށް އައިސް ދުވަސްވީ ގިނަކައިވެނިތައް، ރޫޅި ދިއުޅުންތައް ކޯޓު މެދުވެރިކޮށް ރޫޅާލުމުގެ މި ދައުރު، އަންހެނުންގެ ތެރޭގައި އެބަހިނގައެވެ. ހެޔޮއެދޭ ނަމުގައެވެ. ޙައްޤުހޯދާ ދިނުމުގެ ނަމުގައެވެ. ފިރިން އަންހެނުން ނޯކިރީންހެން ގެންގުޅޭތީ އަޅުވެތިކަމުން ސަލާމަތް ކޮށްދިނުމުގެ ނަމުގައެވެ. ކޯޓަށްލާ ސިޓީވެސް ލިޔަނީ، މި އަންހެންވެރީންނެވެ. ދައްކާނެ ވާހަކަވެސް ޤާޟީގެ ކުރިމަތީގައި އެކްޓްކުރާނެ ގޮތްވެސް މިވެރިން ބުނެދެއެވެ.
ކައިވެނި ރޫޅިދާ ދެވަނަ ސަބަބުވެސް މިދެންނެވުނީ އެވެ. ދިވެހި އަންހެނުން ދިވެހި އަންހެނުން ނަށް އިޚްލާޞްތެރި އެއް ނޫނެވެ. އަވށްޓެރި ޢާއިލާތައްދެކެ ލޯތްބެއް ނުވެއެވެ. މިކަމުގައި އަދި އެހެން ހިތާމައެއްވެސް އެބަ ކުރިމަތި ވެއެވެ. ދެމަފިރިންނަށް ލިބިފައިވާ އަންހެން ދަރީން ބައްޕަޔާއި މަންމަ ދުރުކުރުމަށް އިސްދައުރެއް އަދާކުރުމަށް ބައިވެރި ވުމެވެ.
މިހެން އޮތް މާޙައުލެއްގައި ދިގު ޒަވާޖީ ޙަޔާތެއް ވޭތިކުރާ ދެމަފިރީން، ކުޑަމާޙައުލެއްގައި އެކަކަު އަނެކަކު ދެކެފަރިމާޙައުލެއްގައި އުޅެމުންދާކަން ހަނދާން ބެހެއްޓުން މުހިއްމެވެ. މިޒަމާނަކީ ފޮރުވެތިބެ މުވާޞަލާތުން ހުރިހާކަމެއް ކުރެވޭ ޒަމާނެކެވެ. ދެވަނަ ކަމަކީ ދިރި އުޅެމުން މިދާ މާހައުލުގައި އެކުވެރި ބައެއް އަންހެނުންވެސް،، އިޚްލާޞްތެރި ނޫންކަން ދަނެ އެމީހުންނަށްވެސް ފާރަވެރި ވުމެވެ.
ޒަވާޖީ ހަޔާތެއްގެ ތެރެއަށް ނުވަދެވޭނެ އިމެއް ކޮންމެ ދެމަފިރއަކުވެސް ބާއްވަން އެބަޖެހެއެވެ.
