ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ހިންގާ އިމާރާތުގެ އިތުރުން ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ރޯވި އަލިފާން މުޅިން ކޮންޓްރޯލްކޮށްފިއެވެ.
މިއަދު ހެނދުނު ގޮދޮރުވެރިކަމާއި ބެހޭ ވުޒާރާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު މެނދުރުފަހަށް އައިރު ވަނީ ބޮޑުބައި ކޮންޓްރޯލްކޮށްފައެވެ. އަދި މިހާރު އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާއިރު، މިހާރުވެސް އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސެސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި ދައުލަތުގެ 3 ވުޒާރާއެއްގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި އަލިފާނުގެ ހަދިސާ ހިންގި ކޮށީގައި ހިންގަމުން ދިޔަ މާލެ ސިޓީ ކައުންސިލުގެ ބަޔަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.
މިހަދިސާގައި އެއްވެސް ވުޒަރާރާއެއް އަދި އިދާރާއެއްގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާ ކަމަށް އެއިދާރާތަކުން ވަނީ ވިދާޅުވެފައެވެ.
