2024 އަކީ ޗައިނާގެ ތާރީޚުގައިވެސް އެންމެ ހޫނުގަދަ އަހަރު

ޗައިނާގެ މޫސުމާ ބެހޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރަކީ އެގައުމަށް އެންމެ ހޫނު އަހަރެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ހިންގާ ސާވިސް ޕޯޓަލް އިން ބުނާ ގޮތުގައި މިދިޔަ އަހަރު ގައުމީ އެވްރެޖް ފިނިހޫނުމިން 10.92 ޑިގްރީ ސެލްސިއަސް (51.66 ފަރެންހައިޓް) ގައި ހުރިއިރު، މިއީ 2023 ވަނަ އަހަރަށް ވުރެ އެއް ޑިގްރީއަށް ވުރެ މަތީ އަދަދެކެވެ.

1961 ވަނަ އަހަރު ރެކޯޑްތައް ހަދަން ފެށިފަހުން އެންމެ ހޫނު ދުވަސްވަރަކީވެސް 21 ވަނަ ގަރުނުގެ ދުވަސްތައްކަމުގައި ސާވިސް ޕޯޓަލް އިން ބުނެ އެވެ.

ޝަންހާއީ ސިޓީގެ އެވްރެޖް ފިނިހޫނުމިން 18.8 ސެލްސިއަސްގައި ހުރިއިރު، މިއީ 1873 ވަނަ އަހަރު ޝަންހާއީގެ މޫސުމާ ބެހޭ ރެކޯޑްތައް ފެށުނު ފަހުން އެންމެ ހޫނު މޫސުމެވެ.

މިދިޔަ އަހަރުގެ މޫސުން ހޫނުވުމާއި އެކު ތޫފާންތައް އިތުރުވެ ވާރޭ ވެހުމުގެ ސަބަބުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިޞާދުގައި ކަރަންޓް ބޭނުންކުރުން ވަނީ އިތުރުވެފަ އެވެ. ހޫނުގަދަވުމުގެ ސަބަބުން ދަނޑުވެރިކަމަށް ވެސް އަސަރުކުރި އެވެ.

ފިނިހޫނުމިން މަތިވަމުންދާއިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޗައިނާއިން ވަނީ މުހިންމު ބާވަތްތައް ހޫނުމޫސުމަށް ހޭނެވުމަށްޓަކައި ކުރެވެދާނެ ކަންކަން ބެލުމަށް ދިރާސާތަކެއް ފަށާފައެވެ. މިކަމަށް ހެޔޮ ބަދަލެއް ނުގެނެވިއްޖެނަމަ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އުފެއްދުން ދަށްވާނެ ކަމަށް ބެލެވެ އެވެ.

މިހާރުގެ މޫސުމާބެހޭ ސިޔާސަތުތަކުގެ ދަށުން 2100 ވަނަ އަހަރު ތަކުގައި މިހާރު ދުނިޔޭގެ ހޫނުމިނަށްވުރެ 3.1 ޑިގްރީ ސެލްސިއަސް އިތުރަށް ދުނިޔެ ހޫނުވާނެކަމަށް އދ ގެ ރިޕޯޓްތައް ހާމަކުރެއެވެ. މިއީ ޗައިނާގެ އެވްރެޖް ފިނިހޫނުމިން 10.92 ޑިގްރީ ސެލްސިއަސް އިން 13.93 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އިތުރުވުމެވެ. މިއީ ޗައިނާގެ ދަނޑުވެރިކަމަށް އަންނާނޭ ވަރަށްބޮޑު ގޮންޖެހުމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *