އެމެރިކާއިން ގްރީންލޭންޑާއި އަދި ޕެނަމާ ކެނަލް ހޯދުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އަދި އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު ދެ ކަންތައް ކަމަށް އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ފްލޮރިޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އިތުރަށް ވިދާޅުވީ ޑެންމާކުގެ ގްރީންލޭންޑާއި އަދި ޕެނަމާ ކެނަލް ސަރަހައްދު ހިސޯރު ކުރުމަކީ އެމެރިކާގެ އިގްތިޞާދުގެ ރައްކާތެރިކަމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް އަދި އެއީ އަސްކަރީ ނުވަތަ އިގުތިޞާދީ ބާރުގެ ބޭނުން ކުރުންކަމުގައި އަދި ނިންމޭކަށް ނެތްކަމުގައެވެ.
ޕެނަމާ ކެނަލަކީ ޕެނަމާގައި ކެރިބިއަން ކަނޑާއި ޕެސިފިކް ކަނޑާ ގުޅުވައިދޭ ގޮތަށް ބިނާކޮށްފައިވާ ޕެނަމާގެ ހަނި ހިސާބު ހުރަސްކުރެވޭގޮތަށް ކަނޑާފައިވާ ނެރެކެވެ. މިއީ އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގެ މެދުގައި ވިޔަފާރިކުރުމަށްޓަކައި މުހިއްމު ކޯރެކެވެ.
ކޮލަމްބިއާ، ފްރާންސް، އަދި ފަހުން އެމެރިކާއިންވެސް ޕެނަމާ ކެނަލް ހެދުމާއި އަދި ވަށައިގެންވާ ސަރަހައްދު ކޮންޓްރޯލް ކުރެއެވެ. ފްރާންސުން 1881 ވަނަ އަހަރު ނެރު ހެދުމުގެ މަސައްކަތް ފެށި ނަމަވެސް އިންޖިނިއަރިންގެ މައްސަލަތަކާއި މަސައްކަތްތެރިން މަރުވާ މިންވަރު މަތިވެގެން ދިޔައެވެ. މީގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ނެތުމުން 1889 ވަނަ އަހަރު ފުރާންސުން މި މަސައްކަތް ހުއްޓާލި އެވެ.
އެމެރިކާއިން 1904 ވަނަ އަހަރު މި މަޝްރޫޢާ ހަވާލުވެ، 1914 ވަނަ އަހަރު އެ ނެރު ހަދާ 1977 ގައި ހުޅުވިއެވެ. އަދި އެމެރިކާއިން ޕެނަމާކެނަލްއާއި ވަށައިގެންވާ ކެނަލް ޒޯން ކޮންޓްރޯލް ކުރަމުން ދިޔައެވެ. ފަހުން ޕެނަމާ ސަރުކާރުން ޕެނަމާކެނަލް ކޮންޓްރޯލް ކުރީ 1999 ވަނަ އަހަރު އެވެ. މިހާރު އެތަން ބެލެހެއްޓުމާއި ހިންގުމުގެ ހުރިހާކަމެއް ކުރަނީ ޕެނަމާގެ ސަރުކާރުންނެވެ.
ގްރީންލޭންޑަކީ ދުނިޔޭގެ އެންމެބޮޑު ރަށެވެ. އެއީ ސިޔާސީ އަދި ސަގާފީ ގޮތުން ޑެންމާކާ ގުޅިފައިވާ އަމިއްލަ ސަރުކާރެއް އޮންނަ އަދި ޑެންމާކުގެ ޕާލަމެންޓްގައި ތަމްސީލުކުރެވޭ ވެރިކަމުގެ ނިޒާމެއް އޮންނަ ސަރަހައްދެކެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި މި ސަރަހައްދަކީ ޗައިނާ އާއި ރަޝިޔާއިން ދަތުރުކުރާ ބޯޓުތައް ޓްރެކްކުރުމަށް ކުރާ އަސްކަރީ މަސައްކަތްތަކަށް ވަރަށް މުހިންމު ސަރަހައްދެކެވެ. އަދި ޗައިނާއާއި ރަޝިޔާގެ ބޯޓުތައް "ހުރިހާ ތަނެއްގައި" ދަތުރުކުރާކަމަށްވެސް ވިދާޅުވި އެވެ.
"މިނިވަން ދުނިޔެ، ހިމާޔަތް ކުރުމުގެ ވާހަކަ މިދައްކަނީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ޑެންމާކާއި ޕެނަމާއިން ވެސް ވަނީ މި ސަރަހައްދު ދޫކޮށްނުލާނެ ކަމަށާއި އަދި އެކަމަށް ބާރުއަޅާ ކޮންމެ ހުށަހެޅުމަކަށް ދެކޮޅު ހަދާފަ އެވެ.
