އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިތުރު ޓެރިފްތަކެއް ޗައިނާއަށް އަޅާނެ ކަމުގެ އިންޒާރުދީފައެވެ. ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ފެބްރުއަރީ 1 އިން ފެށިގެން ޗައިނާގެ ހުރިހާ މުދަލަކުން %10 ޓެރިފް ނަގަން ވިސްނަމުންދާ ކަމަށެވެ.
ޓްރަމްޕްގެ ކެމްޕޭން ދުވަސްވަރު ވަނީ ޗައިނާއިން އެތެރެކުރާ ހުރިހާ މުދަލަކުން %60 އާއި ހަމައަށް ޓެރިފް ނަގާނެކަމަށް ވައުދުވެފައެވެ. ނަމަވެސް، ޓްރަމްޕްގެ ޓެރިފް ސިޔާސަތަށް މިހާ ހަލުވި ބަދަލެއް ގެންނަ ސަބަބު ހާމައެއް ނުކުރެއެވެ. އޭނާ އިތުރަށް ވިދާޅުވީ ޗައިނާއިން މެކްސިކޯ އާއި ކެނެޑާ މެދުވެރިކޮށް އެމެރިކާއަށް މާ ގިނައިން ފެންޓަނިލް އެތެރެކުރާ ކަމަށެވެ. އެއީ ތަދުކަނޑުވަން ބޭނުންކުރާ ބޭހެއްގެ ގޮތުގައި ބޭނުންކުރާ ހުއްދަ ދީފައިވާ ޑްރަގެކެވެ. ނަމަވެސް މީހުން މަރުވާފަދަ ނުރައްކާތެރި މަސްތުވާތަކެއްޗާ އެއްވަރުގެ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދެއްވިއެވެ.
“އަޅުގަނޑުމެން މިދައްކަނީ ޗައިނާއިން މެކްސިކޯ އާއި ކެނެޑާއަށް ފެންޓަނައިލް ފޮނުވާތީ %10 ގެ ޓެރިފެއް ނަގާ ވާހަކަ.”ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ޓެރިފް ނެގުމަށް "އެކްސްޓަރނަލް ރެވިއު ސާވިސް" އެއް ބިނާކުރާނެ ގޮތް ކަނޑައެޅުމަށް މަތީފެންވަރުގެ ޓީމަކުން މަސައްކަތް ފަށާފައެވެ. ބޭރު ގައުމުތަކާ އެކު އެމެރިކާގެ ވިޔަފާރިއަށް ގެއްލުންވާ ސަބަބުތައް ތަހުގީގު ކުރުމަށް ސެކްރެޓަރީ އޮފް ކޮމާސް އާއި ޓްރެޝަރީ އާއި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އަށް އަންގާފަ އެވެ. ވިޔަފާރީގެ ގޮތުން ނާއިންސާފު އުސޫލުތައް ދެނެގަނެ، މިހާރު ހުރި ވިޔަފާރީގެ އެއްބަސްވުންތަކުގައި ރަނގަޅު ކަންތައްތަކެއް ހުރިތޯ މުރާޖައާވެސް ކުރަމުންނެވެ.
ޓްރަމްޕްގެ އިގްތިސާދީ ޓީމުގެ އެކި ފެކްޝަންތަކުން އަންނަނީ ޓެރިފް ތައާރަފް ކުރާނެ އެންމެ ރަނގަޅު ގޮތް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
