ތައިލޭންޑާއި ޗައިނާ ގުޅުވާލާ ހައި ސްޕީޑްރޭލްވޭ ސްޓޭޝަންގެ 609 ކިލޯމީޓަރުގެ ބައި 2030 ވަނަ އަހަރު ފަށާނެ ކަމަށް ތައިލެންޑުގެ ސަރުކާރުން ބުނެފި އެވެ. ލާއޯސް މެދުވެރިކޮށް ޗައިނާއާ ތައިލެންޑް ހައިސްޕީޑް ރޭލްވޭ އަކީ ގާތްގަނޑަކަށް 220 ކިލޯމީޓަރު ދުރުގައި އޮންނަ ވެރިރަށް ބެންކޮކް އާއި ނަޚޮން ރަޗަސިމާ ސިޓީ ގުޅުވާލާނެ ސްޓޭޝަނެކެވެ. މި މަސައްކަތުގެ ތިންބައިކުޅަ އެއްބައި އަށް ވުރެ ގިނަ މަސައްކަތް ނިމިފައިވާއިރު މިއީ ލާއޯސްގެ ބޯޑަރުގައި އޮންނަ ނޮންގް ޚައިއަށް ސީދާ ދަތުރުކުރެވޭނެ ހައި ސްޕީޑްރޭލްވޭއެއްކަމަށް ތައިލެންޑް ސަރުކާރުގެ ތަރުޖަމާނު ޖިރާޔޫ ވިދާޅުވި އެވެ. މި ތަންވާނީ އެ ސަރަހައްދުގެ އިގްދިސާދީ ހަބަކަށް ކަމަށްވެސް ތައިލެންޑުން ފާހަގަ ކުރެއެވެ.
ލާއޯސްގެ ވެރިރަށް ވިއެންޓިއަން އިން ޗައިނާގެ ހުޅަނގު ދެކުނު ސިޓީ ކުންމިންގްއާއި ގުޅާލެވޭގޮތަށް 2021ގައިފެށި 6 ބިލިއަން ޑޮލަރުގެ މި މަސައްކަތަކީ ބެއިޖިންގެ %70 ހިއްސާ އޮންނަ 1000 ކިލޯމީޓަރުގެ ހައިސްޕީޑް ރޭލް ލައިނެކެވެ. އެ ލައިން ގުޅާލާނީ ތައިލެންޑްގެ ނޮންގް ޚައި އާއި ގާތްގަނޑަކަށް 25 ކިލޯމީޓަރު ދުރުގައި އޮންނަ ވިއެންޓިއަން މަގުންނެވެ.
"މިއީ ތައިލެންޑަށް ދުނިޔޭގެ އިގްތިސާދާ ގުޅުމަށް ލިބުނު ފުރުސަތެއް،" ލޮޖިސްޓިކްސް ހަބަކަށް ތައިލެންޑު ހެދުމަށް ކުރާމަސައްކަތާއި ގުޅޭގޮތުން ސަރުކާރުން ހާމަކުރިއެވެ.
މީގެ ގާތްގަނޑަކަށް ވިހި އަހަރު ކުރިން ރޭލް ލައިނާ ބެހޭ މަޝްވަރާތައް ފެށުނުއިރު ތައިލެންޑާއި ޗައިނާއިން 2017 ވަނަ އަހަރު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. 2021 ވަނަ އަހަރު އޮޕަރޭޝަންތައް ފެށުމުގެ ޕްލޭންތަކެއް އޮތް ނަމަވެސް ފައިނޭންސިން އާއި ޑިޒައިންއާ މެދު ޚިޔާލުތަފާތުވުންތަކާއި، ކޯވިޑް-19 ބަލިމަޑުކަމުން ބުރޫއެރުމުން ކޮންސްޓްރަކްޝަންގައި ލަސްތަކެއް ކުރިމަތިވި އެވެ.
މި ޕްލޭނަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ބޮޑު ބެލްޓް އެންޑް ރޯޑް ޓްރޭޑް އެންޑް އިންފްރާސްޓްރަކްޗާ އިނިޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންދާ ޕްލޭނެކެވެ.
