ޕޮޒިޓިވް އެނާޖީ އުފައްދާނީ ކިހިނެއް؟

ޕޮޒިޓިވް އެނާޖީ (ދުޅަހެޔޮ ހަކަތަ) އަކީ އުފައްދާ އަދި ފަތުރާ އެއްޗެކެވެ. ވަށައިގެންވާ މާހައުލުން ލިބޭ ޕޮޒިޓިވް ހަކަތަ މެދުނުކެނޑި ބޭނުންކުރާއިރު ޕޮޒިޓިވް އެނާޖީ ތިމާއުޅޭ މާހައުލުންވެސް ފެންނާނެއެވެ. އެއީ ތިމާ ކުރާ ކުދިކުދި ކަންކަމުންވެސް ގެނެވިދާނޭ ހަކަތައެކެވެ.

ބައެއްމީހުންނަކީ މިކަމުގެ އެންމެ ރަނގަޅު މިސާލެވެ. އޭނާ ހާޒިރުވާތަނަކަށް އަންނާނީ އުފާވެރިކަމުގެ އިހުސާސެކެވެ. އޭނާ ކުރާ ކޮންމެ ކަމެއްގައި ވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައެވެ. އެއީ އެކަން އޮތް ގޮތްކަން އެންމެންވެސް އެނގެއެވެ. އޭނާއާއިއެކު ވުމަށް އެންމެންވެސް  ލޯބިކުރެއެވެ. އެއީ އޭނާގެ ހުރި ޕޮޒިޓިވް ހަކަތައިން އެމީހުން އޭނާގެ ހަކަތަ ހޯދާތީއެވެ.

އެފަދަ މީހުންގެ ދުވަސްތަކަކީ ރަނގަޅަށް ރޭވިގެން ތަރުތީބުކުރެވިގެން ވާ ދުވަހެއް ކަމުގައި ހަދައެވެ. އެމީހުން ހިނިތުންވެލުމާއި، އުފާވެރިކަމާއިއެކު ހުރުމާއި އަދި ރަނގަޅު އިހުސާސެއް ކުރުވާ ވާހަކަތައް ކިޔައިދީ މީހުން އުފާކުރުވައެވެ. އެމީހުންގެ މޮޅުކަމަކީ މާހައުލަށް ރަނގަޅަށް ހޭނި އެކަމަށް ފުރިހަމައަށް ކުރިމަތިލާން އެނގިފައި ތިބުމެވެ.

ތިބާއަށް ލިބޭ ޕޮޒިޓިވް ހަކަތައަށް ޖާގަ ދިނުމަށްޓަކައި، މާޒީގައި ދިމާވެފައިހުރި ކަންކަމުން އުފެދިފައިވާ ނެގެޓިވް ހަކަތަ ދޫކޮށްލަން ޖެހޭނެއެވެ. ހިތުގައި ކަންކަން ރައްކާކުރުމުން ލިބޭނީ ނުތަނަވަސްކަމެވެ. އެކަންކަން ހަނދާން ނައްތާލާށެވެ. ރޫހަށް ދިރުން ގެންނާށެވެ. ހުސްވަގުތުތަކުގައި އުފާވާ ކަންކަން ކުރާށެވެ.

މިއީ އުނދަގޫ މަސައްކަތެއް ކަމުގައި ހީވިޔަސް، އެކަން ކުރެވޭނެއެވެ. ތިބާގެ ކުރިމަތީގައި ފެންނަ ހުރި އެއްޗަކުން ރަނގަޅު އިހުސާސެއް ގެނެވޭނީ ކިހިނެއްތޯ ބަލާށެވެ؟ އަދި އެ އުފާވެރި އިޙްސާސް ފޯރުކޮށްދޭ އެއްވެސް އެއްޗެއް ނުފެންނަނަމަ، އެއަށް ވާސިލްވާނީ އެހެން ގޮތެއް ހޯދާށެވެ. ކުދިކުދި ކަންކަން އިސްލާޙް ކޮށްލުމުން މިކަމަށް މަގުފަހިވެގެން ދާނެއެވެ. މިސާލަކަށް ދުވަސްވީ ރައްޓެއްސެއްގެ ހާލު ބަލާލާށެވެ. ގޭދޮށުގައި ހުރި ގަސްތައް ސާފުކޮށްލާށެވެ. ކޮޓަރި ތާޒާކޮށްލާ މީރުވަސް ދުއްވާލާށެވެ.

ވަރަށް ގިނަ ބަޔަކު ހީކުރަނީ ހަކަތައަކީ ހަމައެކަނި ރޫޙާނީ ލަފުޒެއްކަމަށެވެ. ހަގީގަތަކީ އެއީ އަޅުގަނޑުމެންގެ ދުވަހުން ދުވަހަށް ކުރާ ހަރަކާތްތަކުގައި އުފައްދާ އެއްޗެކެވެ.

އެއީ ތިމާ މިހާރު ތިހުރި ވަގުތުކޮޅު ފުރިހަމައަށް ބޭނުންކުރުމުން އުފެދޭ އިހުސާސެކެވެ. އެ ވަގުތުގެ އަގުވަޒަން ކުރަން ދަސްކޮށްފިނަމަ، ހެޔޮ އިޙްސާސްތައް ފާޅުކުރުމުގެ ފުން ބާރެއް ލިބިފައިވާކަން އެނގޭނެއެވެ. އެއީ ތިބާގެ ވަށައިގެންވާ ހުރިހާ އެއްޗަކަށް އަދި އެންމެންނަށް އަސަރުކުރާ ހަކަތައެކެވެ. އުފާވެރިކަން ދޭ ހަކަތައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *