ވޯލްޑް ކަޕް – އެފްރިކާގެ ޗެމްޕިއަން ސެނެގާލް އާއި ރަނަރަޕް މިސްރު ކުޅުނު ޕްލޭއޮފް މެޗުން އެކެއް –އެކަކުން އެގްރިގޭޓް ނަތީޖާއިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މިސްރުން ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. ސެނެގާލް ޓީމުން މުޅި މެޗު ކޮންޓްރޯލު ކޮށް ކުޅުނު ފޯރިގަދަ މެޗުގައި ދެޓީމަށް ވެސް މޮޅުވާން ފުރުސަތު ލިބި ބޭކާރު ވެފައިވެއެވެ. ހާއްސަކޮށް ސެނެގާލް އަށް ލިބުނު ގިނަ ފުރުސަތު ތައް ފާހަގަ ކޮށްލެވެ އެވެ.
މިއީ މިސްރުގެ މައްޗަށް ސެނެގާލް އިން ޕެނަލްޓީ ޖަހައިގެ ދެ މަސްތެރޭގައި ކުރިހޯދި ދެވަނަ ފަހަރެވެ. ސެނެގާލް ކީޕަރު މެންޑީ ޕެނަލްޓީ ސޭވް ކޮށް މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކީޕަރުކަން މިދަނީ ސާބިތު ކޮށް ދެމުންނެވެ.
އެފްރިކާ އިން ސެނެގާލް އާއެކު ވޯލްޑް ކަޕަށް ހޮވިފައި ވާ ޓީމްތަކާކީ ކެމަރޫން،ގާނާ، މޮރޮކޯ އަދި ޓިއުނީޝީއަވެ.
