ފްރީ ޒޯންގެ ސީއީއޯއަކަށް ޝަފީޤު އައްޔަން ކުރައްވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު އައްޔަންކުރައްވައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީގެ ޗެއަރމަންގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ޑރ. ޝަފީޤް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެކަން ޑރ. ޝަފީޤު ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރީގެ ޙަރަކާތްތައް އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނީގެ ނަމުގައި އުފެއްދި މި ކުންފުނިން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ ވިޔަފާރިކުރާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނި އުފައްދާފައިވަނީ ސަރުކާރު ހިއްސާވާ 5 ކުންފުންޏެއްގެ ހިއްސާ އޮންނަ ގޮތަށެވެ. އެއީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. އެކުންފުނީގެ ދަށުން މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި އިހަވަންދިޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ މަޝްރޫޢު ހިމެނެއެވެ.

ފްރީ ޒޯން އަކީ ސަރުކާރުގެ ފަސް ކުންފުންޏެއްގެ ހިއްސާ އޮންނަ އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިތަކަކީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *