ދަތިހާލުގައި ހުރި މީހަކަށް ހިތްހަމަޖެހުން ހޯދައި ދިނުމަކީ އެއް ހާސް ސަޖިދަކުރުން ފަދަ ކަމެކެވެ!

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ދަތިޙާލުގައި ހުރި މީޙެއްގެ ހިތަށް ހަމަޖެހުން ހޯދައިދިނުމަކީ 1000 ސަޖިދަކުރުން ފަދަ ހެޔޮ އަމަލެކެވެ. 

ހިތަށް ހަމަޖެހުން ހޯދައިދިނުމަށް ކުރަން އޮތް ހަމައެކަނި ކަމަކީ ގިނަ އަދަދެއްގެ ފައިސާ ދިނުމެއްވެސް ނޫނެވެ. އޭނާއަށް ކަލީފަކަށްވެ ހިތްދަތިވެފައި ހުރިކަމަކުން އޭނާ ސަލާމަތްކުރަން އެހީތެރިވެދިނުމަކީވެސް ހަމަ ހެޔޮކަމުގެ އަމަލެކެވެ. ކަމެއް ކުރާނެ މަގު ނުފެނި ކަންބޮޑުވެފައި ހުރި މީހަކަށް އެކަން ކުރެވޭނެ މަގުފަހިކޮށްދޭން އެހީތެރިވުމަކީ ވެސް ހަމަ އޭނާއަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.

ފައިސާއަށް ދަތިވެފައި ހުރި މީހަކަށް އޭނާގެ ޙާޖަތް ފުއްދައިދިނުމަކީ ފުދުންތެރިންނަށް ކުރެވޭނެ ކަމެކެވެ. އެއީ މަތިވެރިވެގެންވާ ޞަދަޤާތެކެވެ. އަތުގައި ފައިސާ ނެތް ނަމަ އެމިހާގެ ދައތިހާލުން މިންޖުވާން ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ވެސް ޞަދަޤާތެކެވެ.

ޤިޔާމަތް ދުވަހު މަތިވެރި ދަރަޖަތައް ހޯދަން އެދޭމީހާޢަށް ﷲ ތަޢާލާ މިވަނީ އެކަން ޙާޞިލުކުރެވޭނެ އެތައް ބައިވަރު މަގުތަކެއް ފަހިކޮށްދެއްވަވައިފައެވެ. އެމީހެއްގެ ކިބައިގައި ކެރިކުޅަދާނަކަން ހުރި މިންވަރަކުން އަމަލުތައް ކުރަންވީއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އާޚިރަތް ދުވަހު އެމީހަކަށް ސުވަރުގެއިން މަތީ ދަރަޖައެއް ޙާޞިލުކުރެވޭތޯއެވެ! ޖަންނަތުލްފިރުދައުސް އިން ޖާގައެއް ލިބޭތޯއެވެ.

އަޅުކަމުގެ ދާއިރާ ﷲ ތަޢާލާ މިވަނީ ވަރަށް ބޮޑަށް ފުޅައުކޮށްދެއްވަވައިފައެވެ. ވީމާ ފުރަތަމަ ކަމެއްގެ ގޮތުން ފަރުޟު އަދާކުރާށެވެ! އެއަށްފަހު ސަވާބު ލިބެންހުރި ހުރިހާ ގޮތަކުން ވީހައި ގިނަ ސަވާބު ހޯދަން މަސައްކަތްކުރާށެވެ! ކިރިޔާވެސް ސަލާމަތްކަން ލިބުންވަނީ އެއިރުންނެވެ!

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *