މަރާމާތުކުރުމަށް ރަސްފަންނު ބަންދުކުރަނީ

ރަސްފަންނު މަރާމާތުކުރުމަށް އެސަރަހައްދު ބަންދުކުރަން ނިންމާފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެސަރަހައްދަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އިން 28 އަށެވެ.

ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމިިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ. އެގޮތުން އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ. ނަމަވެސް މިތަނުގައި ގާއިމްކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން ގިނަ ތަންތަން މިހާރު ބޭނުމެއް ނުކުރެވެއެވެ.

މިނިސްޓްރީން ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ބަންދުކުރާ އިރު، މިދިޔަ އާދިއްތަ ދުވަހު މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދަށް ކިސަޑު ޖަމާވެފައިވުމުން، އެ މައްސަލަ ހައްލުކުރުމަށް ވަގުތީގޮތުން އާންމުންނަށް ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ކިސަޑުތައް ނެގުމުގެ މަސައްކަތް ކުރުމަށް ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ބަންދުކުރެވޭނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *