ބުޅާ ފެސިލިޓީ، ދިރޭތަކެއްޗާބެހޭ ވުޒާރާއާ ހަވާލުކޮށްފި

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބުޅާ ފެސިލިޓީ "އޮޅުހިޔާ" ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

"އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުން ގާއިމްކޮށްފައިވާ ތަނެކެވެ.

5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ މާލެ ސިޓީ ކައުންސިލަށް ވަނީ މިދިޔަ ޑިސެމްބަރުމަހު އަންގަވާފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ "އޮޅުހިޔާ"ގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރގެ މަސައްކަތް ނިންމުމަށްފަހު މާލެ ސިޓީ ކައުންސިލުން އެ ތަން ވުޒާރާއާ ހަވާލުކޮށްފައިވާކަމަށެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ނިންމިކަން އެންގީ ޑިސެމްބަރު ތިން ވަނަ ދުވަހު ބުޅާތައް ފެސިލިޓީއަށް ގެންދަން މުވައްޒަފުން ނިކުންނަނިކޮށް ކަމަށެވެ.

އެ ފެސިލިޓީ ސަރުކާރާ ހަވާލު ކުރަން އެންގުމާ ގުޅީގެން، އެ ފެސިލިޓީ ނިމިގެން ގިނަ ދުވަސްތަކެއް ވީއިރު ވެސް މިހާތަނަށް އެއްވެސް ބުޅަލެއް އެތަނަށް ގެންދެވިފައެއް ނުވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *