އައިޝް އެލް ސަރާޔާ މެދު އިރުމަތީގެ ވަރަށް މަގުބޫލު ފޮނިއެއްޗެކެވެ. ރޯދަމަހުގެ ހިތްގައިމު ރަހަތަކަށް މި ފަސޭހައިން ތައްޔާރުކޮށްލެވޭ ކާނާ ތައްޔާރު ކޮށްލަމާހެއްޔެވެ؟
ބޭނުންވާނެ ތަކެތި.
1 ދަޅު ގެރިކިރު
1 ޕެކެޓް ފުލްކުރީމް
1 ސަމްސާ ރޯސްވޯޓަރ
100 ގްރާމް ބަޓަރ
ކުޑަ ޕާނެއް
100 ގްރާމް ހަކުރު
20 ގްރާމް ޒުވާރިފުށް
ތައްޔާރު ކުރާނެގޮތް.
- ޕާނުގެ އަރިމަތި ކަފާށެވެ. ދެފަރާތުގައި ބަޓަރު ހާކާލުމާސްފަހު ތަވާމަތީ ފިހެލާށެވެ. ދެން ޓްރޭގައި އަތުރާލާށެވެ.
- ޝިރަޕް ތައްޔާރު ކުރުމަށްޓަކައި ހަކުރު ތަވަޔަކަށް އަޅާ މުށިކުލަ އަރަންދެން މަޅުކުރާށެވެ. ދެން ބަޓަރު ކޮޅެކާއި ލުބޯ ހުތްކޮޅަކާއި އަދި ރޯސް ވޯޓަރ އަޅާ ކައްލާށެވެ. ހިހޫވުމުން ޓްރޭގައި ބެހެއްޓި ޕާނަށް އަޅާ ފޯވަންދެން ބަހައްޓާށެވެ.
- ޕުޑިން ހެދުމަށްޓަކައި ގެރިކިރު، ފުލް ކްރީމް، ރޯސްވޯޓަރ އަދި ޒުވާރި ފުށް އަޅައިގެން އޮލަވާންދެން ކައްކާށެވެ. އޮލަވުމުން ޓްރޭގައި ހުރި ޕާންތަކުގެ މައްޗަށް އަޅާށެވެ. ދެން ރީތިކޮށްލުމަށް ބޭނުންވާވައްތަރެއްގެ ބަދަނެއް ނުވަތަ މޭވާކޮޅެއް ކުދިކޮށް ކޮށާފައި އަޅާލާށެވެ.
