The sweet Arab couple in Islamic clothes on the Jeddah waterfront (Al Hamra Corniche) in Saudi Arabia.

ރޯދައިގެ ތެރެއިން ދެމަފިރިންގެ މައްސަލަތައް ޙައްލުކޮށް ލޯބި ތާޒާކުރެވޭނެ މަގު މިއޮތީ!

ރަމަޟާން މަހަކީ ﷲ ތަޢާލާ އާއި ގުޅުންތައް ރަނގަޅުކުރާ މަސް ފަދައިން ދެމަފިރިންގެ ގުޅުންވެސް ރަނގަޅުކުރަން ލިބޭ އެންމެ އަގުހުރި ފުރުޞަތެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ރޯދަހިފާނަމަ އެކަން ދާނީ ފުރިހަމަވަމުންނެވެ.

އެހެނީ ރޯދަވެރިޔާ ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކީ ވީހައި ގިނައިން އަޅުކަންކުރުމެވެ. ރަމަޟާން މަހު ފުރިހަމަ ގޮތުގައި އަޅުކަން ކުރެވޭނީ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންނެވެ.

އެއިގެ ތެރޭގައި އަނބިމީހަ ލައްވާ ކައްކުވާވަރު މަދުކުރުމާއި ނަމާދުވަގުތައް ޖެހުމުން ތިމާ ޖަމާއަތުގައި ނަމާދުކުރުމަށްފަހު އަނބިމީހާއަށް ވަގުތު ހުސްކޮށްދޭން އެހީތެރިވުމާއި (ކުދިންބެލުން ފަދަ ކަންކަމާއި ހަވާލުވެ) ރޭއަޅުކަންކުރުމުގައި ގުޅިގެން ނަމާދުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މިސާލަކަށް ތަރާވީޙް ނަމާދަށާއި ދަމުނަމާދަށް މިސްކިތަށް ދާނަމަ ދެމަފިރިން އެކުގައި ނަމާދަށް ދިއުމާއި އަދި ގޭގައި ކުރާނަމަ ދެމަފިރިންގެ ޖަމާޢަތުގައި ކުރުމެވެ.

ދެން ބަލައިލަންވީ ނުކައި ހުންނަ ހުރުން ރޯދައަކަށް ހެދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަމަށެވެ. ލޯބިން މުޢާމަލާތުކުރުން، ހުތުރު ބަސް ނުބުނުން، ރުޅިނައުން، އެކަކު އަނެކަކަށް އެހީތެރިވުން ހިތްހެޔޮކުރުން މާފުކުރުން ފަދަ ދެމަފިރިއެއްގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާނެ ގިނަކަންތައްތަކެއް މިބައިގައި ހިމެނިގެންވެއެވެ.

މިކަންކަމަށް ވިސްނައިލުމުން އެނގެނީ ރޯދަހިފަންވީ ގޮތުގައި ރޯދަހިފައި ރަމަޟާން މަސްނިންމައިފިނަމަ އެދެމަފިރިއެއްގެ މައްސަލަތައް އޮންނާނީ ޙައްލުކުރެވިފައިކަމެވެ. ދެމަފިރިންގެ ލޯބި އޮންނާނީ ތާޒާކުރެވިފައިކަމެވެ.

ވީމާ ރަމަޟާން މަސް އައުމުން ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރާ ފަދައިން އަދި އެމަސައްކަތުގެ ތެރެއިން ދެމަފިރިންގެ ގުޅުމުގައިވެސް މަރާމާތުކުރަންހުރި ކަންކަން މަރާމާތުކޮށް ލޯބި ތާޒާކުރަންވާނެއެވެ! ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަކީ ވެސް އެއީއެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *